ރާއިސް ޔާމީންގެ ތާއީދާއެކު 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓުން ތެރެއިން އެއްވެސް މީހަކަށް ގޮނޑި ކާމިޔާބު ނުކުރެވުނެވެ.
2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބް ރައިސް ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރެއްވުމާއި އެކުގައި ކުރީގެ ރައީސް އަދި އޭރުގެ ޕީޕީއެން/ޕީއެންސީގެ އިސް ލީޑަރ ރައިސް ޔާމީން އާއި ދުމެދުގައި ހިޔާލު ތަފާތުވެ ރައީސް ޔާމީން ވަނީ ޕީޕީއެމް އިން ވަކިވެ ވަޑައިގެން އާ ޕާޓީ އުފެއްދުމުގެ މަސައްކަތް ފައްޓަވާފައެވެ.
ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާން ފޯހު ހުށައެޅުމަށް އެލެކްޝަންސް އިން ދީފައިވާ މުއްދަތުގައި ރައީސް ޔާމީންގެ އާ ޕާޓީ ޕީއެންއެފް ރެޖިސްޓަރކޮށް އެޕާޓީގެ ނަންމަތިގައި ކެންޑިޑޭޓުން ކުރިމަތިލެވޭގޮތް ވެފައި ނުވާތީ ރާއިސް ޔާމީންގަ ތާއީދާއެކު ވާދަ ކުރައްވާ ކެންޑިޑޭޓުން ކުރިމާތިލާފައިވަނީ އަމިއްލަ ގޮތުންނެވެ. އެގޮތުން ރައީސް ޔާމީންގެ ތާއީދާއި އެކުގައި 40 ކެންޑިޑޭޓެއް އަމިއްލަ ގޮތުން ވަނީ މަޖިލީސް އިންތިހާބައަށް ވާދަކޮއްފައެވެ.
ނަމަވެސް ރައްޔިތުންގެ އެހާ ބޮޑު ތާއީދެއް ނުލިބި މި 40 ކެންޑިޑޭޓިންގެ ތެރެއިން އެއްވެސް ކެންޑިޑޭޓަކަށް ދާއިރާގެ ގޮނޑި ކާމިޔާބު ކުރެވޭނެ ގޮތްވަނީ ނުވެފައިއެވެ.