ހިންނަވަރު ދާއިރާގެ މިހާރުގެ މެންބަރު އަދި އެމްޑީޕީއިން އެ ދާއިރާއަށް މިފަހަރުވެސް ވާދަކުރެއްވި ޖީހާން މަހުމޫދު ބަލިކޮށް އެދާއިރާގެ ގޮނޑި 30 އަހަރު ފަހު ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު އަބްދުއްރަހުމާން ކާމިޔާބު ކޮއްދިއެވެ.
ހެންވެރު ދާއިރާ ގޮނޑިއަކީ ރާއިސް ސޯލިހު 2018 ވަނަ އަހަރު ރައީސް ކަމާއި ހަވާލުވުމާއި ހަމައަށް އެމަނިކުފާނު ފުރުއްވަމުން ގެންދެވި ގޮނޑިއެކެވެ. އެގޮތުން ރައީސް ސޯލިހު ވަނީ 5 އަހަރުގެ 5 ދައުރު ފުރިހަމަކޮށް ޖުމްލަ 25 އަހަރު އެދާއިރާގެ މަޖިލީސް މެންބަރެއްގ ހައިސިއްޔަތުން ދާއިރާ ތަމްސާލު ކުރައްވާފައެވެ.
މިފަހަރު ވެފައިވަނީ މިފަހުގެ ތާރީހެއްގައި އެމްޑީޕީއަށް މަޖިލީސް އިންތިހާބަކުން ލިބުނު އެންމެ ބޮޑު ނާކާމިޔާބީއަށެވެ. 20 ވަނަ މަޖިލީހުގެ ސުޕަ މެޖޯރިޓީ ވެރިކަން ކުރާ ޕީއެންސީއިން ވަނީ މިހާރު ކަށަވަރު ކޮއްފައެވެ.