ޖުމްޙޫރީ ޕާޓީގެ ފަރާތުން 20 ވަނަ ރައްޔުތުން މަޖީލުހެގެ އުނގޫފާރު ދާއިރާގެ މެންބަރުން ކަމަށް ކުރިމަތިލެއްވި ކުރީގެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން އަށް އެގޮނޑި ކާމިޔާބު ނުކުރެވުނެވެ.
މި ދާއިރާގެ މިހާތަނަށް ގުނިފައިވާ ވޯޓުފޮށިތަކުގެ ނަތީޖާ އަށް ބަލާލާއިރު ކުރީގައި އުޅުއްވަނީ ޕީއެންސީގެ ކެންޑިޑޭޓް އިބްރާޙިމް ޝިފާޒް އާއި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާޙިމް ޝިޔާމް (އިއްބެ) އެވެ. މި ދާއިރާ އަށް ޖުމްލަ 6 މެންބަރުން ވާދަކުރެއްވިއެވެ. މި މެންބަރުންގެ އިތުރުން މި ދާއިރާ އަށް ވާދަކުރެއްވީ އަމިއްލަ ގޮތުން ވާދަކުރެއްވި އަލީ ފާރޫޤް، އަމްޖަދު މުސްޠަފާ (އަމްޖޭ) އަދި އިބްރާޙިމް ޝިޔާމް (އިއްބެ) އެވެ.