-Advertisement-

-Advertisement-

ބިގޭ އަށް އަލިފުށި ދާއިރާގެ ގޮނޑި ގެއްލިއްޖެ!

އެމްޑީޕީގެ ފަރާތުން 20 ވަނަ ރައްޔުތުން މަޖީލުހެގެ އަލިފުށި ދާއިރާގެ މެންބަރު ކަމަށް ކުރިމަތިލެއްވި މުޙައްމަދު ރަޝީދު ޙުސައިން (ބިގޭ) އަށް އެގޮނޑި ކާމިޔާބު ނުކުރެވުނެވެ.

މި ދާއިރާ އަށް ޖުމްލަ 3 ކެންޑިޑޭޓުން ވާދަކުރެއްވި އިރު މި ދާއިރާގެ ފާއިތުވި 3 ދައުރުގެ މަޖިލިސް މެންބަރު ބިގޭ، ނާކާމިޔާބުވެފައި ވަނީ ސަރުކާރު ހިންގާ ޕާޓީގެ ކެންޑިޑޭޓާއި ވާދަކޮށްގެންނެވެ. އަދި މިހާތަނަށް ގުނިފައިވާ ވޯޓުފޮށިތަކުގެ ނަތީޖާ އިން ކުރީގައި އުޅުއްވަނީ ޕީއެންސީގެ ކެންޑިޑޭޓް އަބްދުލް ލަތީފް އަބްދުލް ރަޙްމާން އެވެ. ބިގޭ އަށް ލިބިފައިވަނީ ދެވަނައެވެ. މި ދާއިރާއަށް އިތުރަށް ވާދަކުރެއްވި ކެންޑިޑޭޓަކީ އަމިއްލަ ގޮތުން ވާދަކުރެއްވި އިބްރާޙިމް އަބްދުލް ކަރީމް (މަންޑޭ) އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-