-Advertisement-

-Advertisement-

މަޝްރޫއުތަކާ ގުޅޭ 25 މައްސަލައެއް އޭސީސީއަށް ވަނީ ހުށަހަޅާފަ: މުއާޒް

ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ މުއާޒު މުހައްމަދު ރަޝީދު. ފޮޓޯ: ސަން އޮންލައިން

ފެނަކަ ކޯޕަރޭޝަންއިން ކުރިޔަށް ގެންދިޔަ 60 ޕްރޮޖެކްޓެއް ހިންގާފާއިވާ ގޮތުގެ ތަހުގީގު ކުރުމަށްފަހު ފާހަކުރެވުނު 25 މައްސަލައެއް އޭސީސީއަށް ހުށަހަޅާފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވެއްޖެ އެވެ.

ފުވައްމުލަކުން ކަރަންޓު ކެނޑުމުގެ މައްސަލައާއި، ގާނޫނާ ހިލާފަށް ވަޒީފާއިން ވަކިކޮށް، ފެނަކައަށް މުވައްޒަފުން ނެގުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީ (އެސްއޯއީ ކޮމިޓީ) ގައި ވާހަކަ ދައްކަވަމުން މުއާޒް ވިދާޅުވީ ތަހުގީގު ކުރި 60 ޕްރޮޖެކްޓަށް ބޯޑުގެ ރުހުން ވެސް ލިބިފައި ނުވާ ކަމަށާއި އަދި އެ މަޝްރޫއުތައް ހުއްޓިފައިވާ ކަމަށެވެ.

މީގެ އިތުރުން މުއާޒް ވިދާޅުވީ އޭސީސީއަށް ހުށަހަޅާފައިވާ 25 މައްސަލައަކީ ފެށުމުގެ ކުރިން ހަރަދުތަކުގެ އަންދާޒާވެސް ހަދާފަ ނުވާ މަޝްރޫޢުތައް ކަމަށާއި،  މާކެޓް ވެލިއުއަށްވުރެ 50 އިންސައްތަ ބޮޑު އަގެއްގައި އިކުއިޕްމަންޓާއި ވަސީލަތްތައް ކަނޑައެޅުމުގެ ސަބަބުން ޕްރޮޖެކްޓްގެ ޚަރަދު ދެގުނަ ބޮޑުވެފައިވާކަމަށެވެ.

މަޝްރޫއުތައް ނިމޭނެ ވަކި ތާރީޚެއް ނުވަތަ މަޝްރޫއުތައް ނިންމުމަށް ބޭނުންވާ ވަސީލަތްތަކާއި މުވައްޒަފުން ނެތުމުގެ ސަބަބުން ފެނަކައިން މަޝްރޫއުތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް މުސާރަ ދިނުމާއި އަދި އިތުރު ހަރަދުތައްވެސް ކުރަމުންއައި ކަމަށް މުއާޒް ވިދާޅުވިއެވެ.

މުއާޒް ވިދާޅުވީ އެ މައްސަލަތައް އޭސީސީއަށް ހުށަހެޅީ ތުހުމަތުކުރެވޭ ފަރާތްތަކާއި ދެކޮޅަށް ހެކި ހުރުމުން ކަމަށާއި، އެ މައްސަލަތަކުގައި ފެނަކައިގެ ކުރީގެ އެމްޑީ އަހުމަދު ސައީދު މުހައްމަދާއެކު އެކި މީހުން ހިމެނޭ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-