-Advertisement-

-Advertisement-

މިފްކޯގެ ސީއީއޯ ޝަމާހުގެ ސަސްޕެންޝަން އުވާލައިފި

އަހުަމދު ޝަމާހު ރަޝީދު - މިފްކޯގެ ސީއީއޯ

މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަމާހު ރަޝީދުގެ ސަސްޕެންޝަން އުވާލައިފިއެވެ.

ޝަމާހާ ގުޅޭ ކޯޕަރޭޓް ގަވަނަންސާ ގުޅޭ މައްސަލަަތަކެއް އެ ބޯޑަށް ހުށަހަޅާފައިވުމުން ބަލަމުންދާ ކަމަށް ބުނެ، ޕީސީބީން ޝަމާހު ސަސްޕެންޑުކުރީ މިދިޔަ މާޗް މަހުގެ 18 ދުވަހުގައިއެވެ.

އެރު ސަސްޕެންޑް ކުރި މުއްދަތު މާޗް މަހުގެ ނިޔަލަށް ހަމަވުމާއި ގުޅިގެން ޝަމާހު ސަސްޕެންޑުކުރި މުއްދަތު މިދިޔަ އާދީއްތަ ދުވަހުގެ ނިޔަލަށް ވަނީ އިތުރުކުކޮށްފައިއެވެ. އަދި އެ މުއްދަތު ހަމަވުމުން ޕީސީބީން ނިންމީ ޝަމާހުގެ ސަސްޕެންޝަން އުވާލުމަށެވެ.

ޝަމާހުގެ ސަސްޕެންޝަން އުވާލުމާއި ގުޅިގެން މިފްކޯގެ ހިންގުމުގެ ކަންކަން ހަމަޖެއްސުމަށް އުފެއްދި ވަގުތީ ކޮމިޓީ ވެސް ވަނީ މިހާރު އުވާލައިފައެވެ.

ޝަމާހާ ބެހޭ ގޮތުން ޕީސީބީއަށް ހުށަހެޅި ޝަކުވާތަކުގެ ތެރޭގައި އޭނާގެ އާއިލީ ގުޅުން އޮންނަ ފަރާތްތަކާއި ރައްޓެހިންނަށް ކުންފުނީގެ ވަޒީފާ ދިނުން ފަދަ ބޮޑެތި ތުހުމަތުތައް ހިމެނެއެވެ.

އެގޮތުން ޖުމްލަ 12 ކަމެއް ފާހަގަކޮށް ޝަމާހަށް ޕީސީބީން ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ, މިފްކޯ އާ ގުޅޭ ގޮތުން ގިނަ މައްސަލަތަކެއް ފާހަގަވެފައިވާ ކަމަށާއި ކޯޕަރޭޓް ގަވަނަންސް ކޯޑާއި ޕީސީބީން ހަދާފައިވާ ގަވައިދުތަކާއި އުސޫލުތަކާ ހިލާފަށް ކަންކަން ކޮށްފައި ވާކަން ފާހަގަވެފައިވާ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-