ހދ. ވައިކަރަދޫ ފަޅުތެރެއަށް ވަން އެތައް ހާސް މުށިމަސް މަރުވެ، ފަޅުތެރެ މި ފަހަރުވެސް އެއްކޮށް ކުނިވެއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ރަށު ފަޅަކީ އާންމުންކޮށް ވެސް ގިނަ އަދަދެއްގެ މަސް ވަންނަ ތަނެކެވެ. އަދި އާންމު ހާލަތްތަކުގައި ފަތިހު ވަދެފައި އިރު އޮއްސެން ވާއިރަށް މަސްތައް ފަޅުތެރެއިން ނިކުމެއެވެ.
އެހެން ނަމަވެސް ރޭ މަސްތައް ފަޅުތެރެއިން ނިކުންނަ ގަޑީގައި، ލޮނުގަނޑު އުފުލި މަސްތައް ފަޅުތެރޭގައި ތާށިވުމުން، އެ ވަގުތު ރަށުގެ ރައްޔިތުން ނިކުމެ ގިނަ އަދަދެއްގެ މަސް ހިފި ކަމަށާއި މަރުވީ ނުހިފި ބާކީ ހުރި ބައި މައުލޫމާތު ލިބިފައިވެއެވެ.
ވައިކަރަދޫ ބަނދަރު ހަދާފައި އޮތީ ރައްޔިތުން އޭރު އެދުނު ގޮތަށް އެއްވެސް ވަރަކަށް އޮއެނުދެމޭ ގޮތަށް ކަމަށްވާތީ، ކޮންމެ ހޫނު މޫސުމެއްގައި ވެސް މިކަން ވައިކަރަދޫއަށް ދިމާވެއެވެ.
މި މައްސަލައަށް ހައްލު ގެނައުމަށް ސަރުކާރަށް އެކި ފަހަރަުމަތީން ދަންނަވާފައިވާ ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒާ ވެސް ހިއްސާކުރައްވާފައިވާނެ ކަމަށް ވައިކަރަދޫ ކައުންސިލްގެ ފަރާތުން މައުލޫމާތު ލިބިފައިވެއެވެ.