ދުނިއެއަށް ދިމާވި އެންމެ ބޮޑު އެއް ބަލިމަޑުކަންކަމަށްވާ ކޮވިޑުގެ ނުރައްކަލުން އިންސާނުން ސަލާމަތްކުރުމަށް އުފެއްދި ކޮވިޝީލްޑް ވެކްސިނުން ލޭ ގަނޑުވުމާއި ލޭގައި ހުންނަންޖެހޭ ޕެލެޓްލެޓްގެ މިންވަރު ދަށްކުރުވާ ކަމަށް އެ ވެކްސިން އުފެއްދި ކުންފުނިން އެއްބަސްވެއްޖެއެވެ.
ކޮވިޝީލްޑަކީ އިންޑިއާގެ އެސްޓްރާޒެނެކާ ނަމަކަށް ކިޔާ ކުންފުންޔަކުން އުފެއްދި ވެކްސިނެކެވެ. މި ވެކްސިން ވަނީ 150 ގައުމަކަށް ފޮނުވާފައެވެ. އަދި މިހާތަނަށް މިލިއަނަކަށް ވުރެ ގިނަ މީހުން ވަނީ މި ވެކްސިން ޖަހާފައެވެ.
ޔޫރަޕުގެ ހިސާބެއްގައި ޓީޓީއެސް ކިޔާ ލޭ ގަނޑުވުމުގެ ތަދު ބާވަތެއް ދާދި ފަހުން ވަނީ ރިޕޯޓުކުރެވިފައެވެ. އެހެންނަމަވެސް އެ ގައުމުގެ ހެލްތް މިނިސްޓްރީގެ އޮފިޝަލަކު ހާމަކުރިގޮތުގައި މި ވެކްސިނުން ލިއްބައިދޭ ފައިދާ އެއަށްވުރެ ބޮޑެވެ. މިގެ އިތުރުން ޑަބްލިއުއެޗްއޯގެ ސޭފްޓީ އެޑްވައިސަރީ ކޮމިޓީގެ މެންބަރެއް ކަމަށްވާ ޑރ ގަގަންދީޕް ކަންގް ހާމަކޮށްފައިވަނީ ޓީޓީއެސްގެ ނުރައްކާ ކުރިމަތިވުމުގެ ފުރުސަތު އެންމެ ބޮޑީ ވެކްސިން ޖެހުމަށް ފަހު އަންނަ މަދު ދުވަސްކޮޅެއްގައެވެ. އެހެންކަމުން ވެކްސިން ޖެހުމަށް ފަހު ގިނަދުވަސްވެފައިފާ ފަރާތްތަކަށް މި ކަމުގެ ބިރެއް ނެތެވެ.
މި މައްސަލައާ ގުޅިގެން އެސްޓްރާޒެނެކާއިން ހާމަކުރީ އެ ކުންފުނީގެ ގިނަ ވެކްސިންތަކަކީ މިފަދަ ނުރައްކާތަކުން ބަރީއަވެފައިވާ ވެކްސިންތަކެއްކަމަށެވެ. ނަމަވެސް ވަރަށް މަދުން ބައެއް ހާލަތްތަކުގެ ލޭ ގަނޑުވުމާއި ލޭގައި ޕެލެޓްލެޓް ހުންނަން ޖެހޭ މިންވަރު ދަށްކުރުވުން ފަދަ ކަންކަމާ މީހުނަށް ކުރިމަތިވެފައިވާކަން ފާހަގަކުރެވިފައިވާކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
ކޮވިޑް19ގެ ނުރައްކާ ރާއްޖޭގައި އެންމެ ބޮޑުވި ދުވަސްވަރު ރާއްޖޭގެ ބޮޑު އާބާދީއަކަށް ވެސް ވަނީ ކޮޑިޝީލްޑް ވެކްސިން ޖަހާފައެވެ.