ސްޓެލްކޯއިން މާލޭގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް މިއަދު ކުރިއަށްގެންދާތީ މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިދާނެ ކަމަށް އެކުންފުނިން ބުނެފިއެވެ.
މިކަން ހާމަކޮށް އެ ކުންފުނިން ބުނީ ކަރަންޓް ވިއުގަ ގެ މަސައްކަތް ކުރިއަށްދާނީ މިއަދު ހެނދުނު 10:00ން 12:00 އި ދެމެދު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިދާނެ ކަމަށެވެ.
ކަރަންޓް ކެނޑިދާނެ ކަމަށް ބެލެވޭ ސަރަހައްދުތަކަކީ:
- ހެންވޭރުގެ ވައިޖެހޭމަގު، ބަރުޖޯރާގޯޅި
- ފިޔާތޮށިގޯޅި
- ހީނާގޯޅި
- ބުރެވިމަގު
- ރަތްވިލާމަގު
- ރަތްވިލާ ހިނގުން
- ހިތިގަސްމަގު
- ބޮޑުފުންގަނޑުމަގު
- ޑެއިޒީ ހިނގުން
- އަދި މޫންލައިޓް ހިނގުން
ކަރަންޓް ވިއުގަރ ގެ މަސައްކަތް ސްޓެލްކޯގެ ފަރާތުން ކުރަމުން ދާއިރު، މާލޭގެ އެކި ސަރަހައްދުތަކުން އެ ވަގުތު ތަކުގައި ކަރަންޓް ކެނޑެއެވެ.
ކަރަންޓް ކެނޑުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަކަށް ސްޓެލްކޯއިން ވަނީ މަޢާފަށް އެދިފައެވެ.