ކެނެބިސް ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި މައްސަލައިގެ ތަހުގީގަށް ހާޒިރުކުރުމަށް މީހަކު ހޯދުމަށް ފުލުހުން އިއުލާނުކޮށްފިއެވެ.
ކެނެބިސް ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ތަހުގީގަށް ހާޒިރުވުމަށް ފުލުހުން ހޯދަމުން ގެންދަނީ، . ހިތަދޫ/ ހަޒާރުމާގެ، މުހައްމަދު އުބާދަތު ހުސައިން (29އ) އެވެ.
މި މީހާ ހޯދުމަށް އިއުލާނުކޮށްފައިވަނީ، މައްސަލައިގެ ތަހުގީގަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ އޭނާ ހާޒިރުވެފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އެ ކޯޓުން ކޮށްފައިވާ އަމުރަކާ ގުޅިގެން ކަމުގައި ފުލުހުން ބުނެފައިވެއެވެ.
ކްރިމިނަލް ކޯޓުން ފުލުހުންގެ މައްޗަށް ނެރެފައިވާ އަމުރުގައި ބުނަނީ މާދަމާގެ މެންދުރުފަހު 1:00 އަށް އެ ކޯޓަށް އުބާދަތު ހާޒިރުކުރުމަށެވެ.
މުހައްމަދު އުބާދަތު ހުސައިންއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ، ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުމަށް ވަނީ އެދިފައެވެ.