-Advertisement-

-Advertisement-

ޑިވެލޮޕްމަންޓް ބޭންކުގެ ޚިދުމަތް ޖުލައި މަހު ފެށޭނެ: ސައީދު

އިފްޒާގެ ޗެއާމަން މާޓިން އާއި އިކޮނޮމިކް މިނިސްޓަރު ސައީދު މިއަދުގެ ހަފުލާގައި-- ފޮޓޯ: ނިޝާން އަލީ / މިހާރު

ރާއްޖޭގައި ގާއިމުކުރަމުން އަންނަ ޑިވެލޮޕްމަންޓް ބޭންކުގެ ޚިދުމަތްތައް އަންނަ ޖުލައި މަގު ފެށޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވެފައި ވަނީ އިއްޔެ މީރުމާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ސައީދު ފާހަގަކުރައްވާ ގޮތުގައި މި ޑިވެލޮޕްމަންޓު ބޭންކާ އެކު ރާއްޖޭގެ މާލީ ތާރީޚު ބަދަލުކޮށްލެވޭނެއެވެ. މި ރަސްމިއްޔާތުގައި ވަނީ ޚާއްޞަ 2 މަޝްރޫއެއް ކުރިއަށް ގެންދިއުމުގެ އެއްބަސްވުންތައް ގާއިމުކުރެވިފައެވެ. އެގޮތުން މާލެ ކައިރީ އޮތް ފުނަދޫގައި ތަރައްގީ ކުރާ ސްޕެޝަލް އިކޮނޮމިކް އެންޑް ފައިނޭންޝަލް ސާވިސަސް ޒޯނާއި އިހަވަންދިއްޕޮޅުގައި ތަރައްގީ ކުރާ މޯލްޑިވްސް އިކޮނޮމިކް ގޭޓުވޭ ތަރައްގީ ކުރަން ދުބާއީގެ އިންޓަނޭޝަނަލް ފްރީޒޯން އޮތޯރިޓީ (އިފްޒާ)އާ އެކު ސޮއިކުރުން ހިމެނެއެވެ.

“މިހާރު ވެސް ޕްރައިވެޓް އިންވެސްޓާސް މި ބޭންކުގައި އިންވެސްޓްކުރާނެ ފަރާތްތައް، އެ ބޭފުޅުންގެ ބަލައިގަތުން އެބައޮތްކަން ނުވަތަ ކޮންފިޑެންސާ އެކު އައިސް ބައިވެރިވާނެކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑުމެންނަށް ދެމުން ދަނީ،” މިނިސްޓަރު ވިދާޅުވެފައިވެއެވެ.

ރާއްޖޭގައި ޑިވެލޮޕްމަންޓު ބޭންކެއް އުފެއްދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-