-Advertisement-

-Advertisement-

ނިދުމުގެ ކުރިން ފެންބުއިން. ރަނގަޅު އާދައެއްބާ؟

އަހަރުމެންގެ ހަށިގަނޑަށް ދުވާލަކު މަދުވެގެން 8 ތަށި އެއީ 2 ލީޓަރު ފެން ބޭނުންވާކަން އަހަރުމެން އެންމެންނަށްވެސް އެނގެއެވެ. އެކަމަކު މިގޮތަށް އަމަލު ކުރެވެނީ ކިތައް މީހުންނަށް ބާވައެވެ؟ މަޝްހޫރު ޑައިޓީޝަން އަދި ނިއުޓްރިޝަން ނައު ކައުންސެލިންގގެ ވެރިޔާ، ޑރ. ލޯރެން މެނެކަރ ވިދާޅުވަނީ މީހާގެ ހަށިގަނޑު ރަނގަޅަށް ހައިޑްރޭޓްވެފައި ހުރުމަކީ މީހާގެ އެހެން ހުރިހާ ކަމަކަށް އަސަރުކުރާ ކަމެއް ކަމަށެވެ. އެހެންކަމުން ދުވާލުގެ ވަގުތުގައި ހަމަނުވެވާ ފެނުގެ ކޯޓާ ހަމަކުރުމުމަށް ރޭގަނޑުގެ ނިދުމުގެ ކުރިން ފެންބޮވިދާނެކަމަށް ވިދާޅުވެ، ޑރ. މެނެކަރ ވިދާޅުވަނީ ބައެއް މީހުންނަށް ނިދުމުގެ ކުރިން ފެންބުއިމަކީ އަރާމުގައި ނިދުމަށް މަގުފަހިވާ ކަމެއް ކަމަށެވެ.

އެކަމަކު ނިދުމުގެ ކުރިން ފެންބޯނަމަ ފެންބޯންވީ ކިހާ މިންވަރަކަށް ހެއްޔެވެ؟ މިސުވާލުގެ ޖަވާބު ބެހިގެން މިދަނީ 4 ކަމެއްގެ މައްޗަށެވެ. އެއީ ދުވާލުގެ ވަގުތުގައި ޖުމްލަކޮށް ފެން ބޮވުނު މިންވަރާއި، އެދުވަހު ކަސްރަތު ކޮށްފައިވޭތޯ އާއި، އެވަރެޖް ފިނިހޫނުމިން އަދި މީގެ އިތުރުން މީހާގެ ބަރުދަނަށެވެ. ގަބޫލުކުރެވޭނެ ކަމަކީ ދުވާލެއްގެ މައްޗަށް ބޯންޖެހޭ ފެނުގެ ބޮޑުބައި ނިދުމުގެ ކުރިން ބޯން އުޅުމަކީވެސް ރަނގަޅުކަމެއް ނޫންކަމެވެ. ގިނަ ޑައިޓީޝަނުން ފާހަގަކުރައްވަނީ މިގޮތަށް ފެންބޯނަމަ ރޭގަނޑު އެކި ހިސާބުތަކުގައި ފެޚާނާއަށް ދިއުމަށް ހޭލެވޭނެކަމަށާއި އެކަމުގެ ސަބަބުން ރޭގަނޑުގެ ނިދި އެކަށީގެންވާ ގޮތެއްގައި ނުލުބޭނެކަމަށެވެ.

ނިދުމުގެ ކުރިން ފެންބޯނަމަ ރަނަގަލު މިންވަރެއްގެ ގޮތުގައި 2 ތަށިފެނަށް ވުރެ ގިނަ ނުވާ މިންވަރެއް ބޮވިދާނެކަމަށް ގިނަ ޑައިޓީޝަނުން އެއްބަސްވާއިރު، ނިދުމުގެ ކުރިން ފެންބޯ މިންވަރު އެކި މީހުންނަށް ތަފާތުވެދާނެއެވެ. ވީމާ، މުހިންމީ އެމީހެއްގެ ނިންޖަށް އަސަރު ނުކުރާނެހެން އެކަމަކު ކަރުހިއްކުން ފިލާނެ މިންވަރަކަށް ނިދުމުގެ ކުރިން ފެން ބުއިމެވެ. އަދި މިގޮތަށް ފެންބޯއިރު ނިދުމުގެ ވަގުތާއި ގާތްކޮށް ފެންބުއިމުގެ ބަދަލުގައި ގާތްގަނަޑަކަށް ނިދުމުގެ 2ގަޑިއިރު ކުރިން ފެންބުއިމަކީ ރަނގަޅުގޮތެކެވެ.

ނިދުމުގެ ކުރިން ފެން ބުއިމާއި އެންމެ ބޮޑަށް ގުޅިފައި އޮންނަ އަނެއް ވާހަކަޔަކީ ނިދުމުގެ ކުރިން ފެން ބުއިމުން ބަރުދަން ލުއިކޮށްދިނުމަށް އެހީތެރިވާކަމެވެ. ނަމަވެސް މިކަން ސާބިތުކޮށްދޭނެ އެއްވެސް ރިސަރޗްއެއް މިހާތަނަސް ހެދިފައި ނުވާއިރު ރޭގަނޑުގެ ނިދި ރަނގަޅަށް ނުލިބޭނަމަ އެފެނަކުން ކުރާނެ އިތުރު ފައިދާއެއް މުހިންމު ވާނެ ހެއްޔެވެ؟ މިކަމަށް ރިއާޔަތްކޮށް ޑައިޓީޝަނުން ވިދާޅުވަނީ ހަށިގަނޑަށް ބޭނުންވާވަރަށް ފެންބުއިމާއި ހަށިގަނޑު ހައިޑްރޭޓްކޮށް ހުރުމަކީ ބަރުދަން ލުއިކުރުމަށް އެހީތެރިވެދޭ ކަމެއް ކަމަށެވެ. ވީމާ، ކޮންމެ ހާލެއްގައިވެސް ވިސްނަންވީ ދުވާލުގެ ފެނުގެ ކޯޓާ ހަމަކޮށް ރޭގަނޑަށް ހުސްވެ ހުރުމެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-