މާލޭގެ މަގުތަކަށް ފެންފައިބާ ގޮތަށް ހުންނަ ގެތަކުގައި ހުރި އެފަދަ ތަންތަން ރަނގަޅުކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފިއެވެ.
މި މަސައްކަތް ފެށިކަން ހާމަކޮށް މާލޭ ސިޓިގެ މަގުތަކުގައި އެގޮތައް ހުރި ބައެއް ތަންތަނުގެ ވީޑިއޯ ހިއްސާކުރައްވައި މާލޭ ކައުންސިލްގެ މޭޔަރ އާދަމް އާޒިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާލޭ މަގުމައްޗަށް އެކި އިމާރާތްތަކުން ފެންތިކި ޖަހާ މައްސަލައަކީ ޒަމާނުއްސުރެ ހައްލުނުކުރެވި އޮތް މައްސަލައެއް ކަމުގައެވެ.
އެގޮތުން އެ މައްސަލަ ހައްލު ކުރުމުގެ ގޮތުން، މި މަހު އެކަނިވެސް މަގުމައްޗަށް ފެންތިކި ޖަހާ ގޮތަށް ހުރި 30 ތަނެއް ފާހަގަކޮށް، އެތަންތަން މަރާމާތުކޮށް ރަނގަޅުކުރުމަށް އެންގިފައިވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.
އަދި މާލޭގައި ހުރި މައްސަލަތައް ހައްލުކުރުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށްވެސް އާޒިމްގެ ޕޯސްޓްގައި ވަނީ ވިދާޅުވެފައެވެ.