-Advertisement-

-Advertisement-

މާލޭގެ ސްކޫލުތަކަށް ކުދިން ވެއްދުމަށް އިތުރު ފުރުސަތެއް ހުޅުވާލައިފި

އަމީނިއްޔާ ސްކޫލް. ފޮޓޯ؛ އެޑިޝަން އެމްވީ

މި ފެށޭ ދިރާސީ އައު އަހަރަށް މާލޭގެ ސްކޫލުތަކަށް ކުދިން ވެއްދުމަށް އިތުރު ފުރުސަތަކަށް ތައުލީމާއި ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

އެ ވުޒާރާއިން ބުނީ މާލޭ ސަރަހައްދުގެ ސްކޫލްތަކަށް އަލަށް ދަރިވަރުން ވެއްދުމާއި އެއް ސްކޫލުން އަނެއް ސްކޫލަށް ދަރިވަރުން ބަދަލުކުރުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާ ކަމަށާއި މި ފުރުސަތުގައި މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ މެންދުރު ފަހު 14:00އި ހަމައަށް ފޯމު ހުށަހެޅޭނެ ކަމަށެވެ.

އެގޮތުން މި ފަހަރު އެ ވުޒާރާއިން ހުޅުވާލަނީ، ސަރުކާރު ސްކޫލެއްގެ ފައުންޑޭޝަން ސްޓޭޖުގެ ކުލާހަކަށް ވައްދަން ބޭނުންވާ ދަރިވަރުންނާއި ގްރޭޑް އެކަކަށް އަލަށް ވައްދަން ބޭނުންވާ ދަރިވަރުންގެ އިތުރުން، ޕްރައިވެޓު ސްކޫލަކުން ސަރުކާރު ސްކޫލަކަށް ބަދަލުވާން ބޭނުންވާ ދަރިވަރުންނާއި، ރާއްޖެއިން ބޭރުގެ ގައުމެއްގައި އުޅެފައި ރާއްޖެއަށް ބަދަލުވެ، ސަރުކާރު ސްކޫލަކަށް ވަންނަން ބޭނުންވާ ދަރިވަރުނަށެވެ.

މިއަހަރުވެސް އަތޮޅުތަކުން މާލެ ބަދަލުވާ ގިނަ އަދަދެއްގެ ދަރިވަރުންގެ ފޯމު ވަނީ ހުށަހަޅާފައެވެ. އެގޮތުން 900 އަށް ވުރެ ގިނަ ފޯމުތައް މިހާތަނަށް ހުށަހަޅައިފައިވާ ކަމަށް ތައުލީމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-