-Advertisement-

-Advertisement-

ހުޅުމާލެ ފިޔަވަހި 2ގެ އިރުމަތީގައި ޖަހާފައި ހުރި ވިޔަފާރި ކުރާ ހަޓުތައް ނަގަން އަންގައިފި

ހިޔާ ފްލެޓްތައް ކައިރީ ބީޗާ ދިމާލުގައި ބަޔަކު ހަޓު ޖަހައިގެން ވިޔަފާރި ކުރަނީ-- ފޮޓޯ: އެޗްޑީސީ

ހުޅުމާލެ ފިޔަވަހި 2ގެ ގޮނޑުދޮށް ސަރަހައްދުގައި ޖަހާފައި ހުރި ވިޔަފާރި ކުރާ ހަޓުތައް ނަގަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އެ ފަރާތްތަކަށް އަންގައިފިއެވެ.

އެޗްޑީސީން އިއްޔެ ނެރުނު އިޢުލާނެއްގައި ބުނެފައިވާ ގޮތުގައި އެ ސަރަހައްދު އިތުރަށް ތަރައްޤީ ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކެއް ކުރުމަށް މި މަހުގެ ނިޔަލަށް އެ ސަރަހައްދު ހުސްކުރަން ބޭނުންވެއެވެ. އަދި ދެވިފައިވާ މުއްދަތުގެ ނިޔަލަށް އެ ސަރަހައްދުގައި ހުރި ތަކެތި ނުނަގައިފި ނަމަ އެ ކުންފުނީގެ ފަރާތުން އެ ތަކެތި ނަގައި ސާފުކުރާނެއެވެ. އަދި އެ ކުންފުނީގެ ފަރާތުން އެ ސަރަހައްދު ސާފުކުރުމުގެ ތެރޭގައި އާންމުންގެ މުދަލަށް ލިބޭ ގެއްލުންތަކުގެ ޒިންމާ އެ ކުންފުނީގެ ފަރާތުން ނުނަގާނެކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.

އެޗްޑީސީން ހާމަކުރާ ގޮތުގައި އެ ސަރަހައްދު ހުސްކުރަން އަންގަން ޖެހުނީ އެ ސަރަހައްދަކީ ތަރައްޤީ ކުރުމުގެ މަރުހަލާގައި އޮތް ތަނަކަށްވާތީއެވެ. އަދި އެ ސަރަހައްދަކީ ގިނަ ވަސީލަތްތައް ނުލިބޭ ސަރަހައްދަކަށް ވުމާއި މިހާރު އެ ސަރަހައްދު އޮތް ގޮތުން އެ ސަރަހައްދު ސާފުކުރުމުގައި ގިނަ ދަތިތަކެއް ކުރިމަތިވަމުންދާކަން ވެސް އެޗްޑީސީން ހާމަކޮށްފައިވެއެވެ.

މި މަސަހައްދުގައި އާންމުން ކުދި ވިޔަފާރި ކުރާތާ މިހާރު ވަނީ ވަރަށް ގިނަ ދުވަސްވެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-