-Advertisement-

-Advertisement-

ޤައުމު ސަލަމަތް ކުރުމުގެ ވިސްނުން އުފެދެނީ އާއިލާތަކުގެ ތެރެއިން: ރައީސް

ރައީސް މުއިއްޒު މިހާރު ނިއުސްއަށް ދެއްވި އިންޓަވިއުގެ ތެރެއިން.---ފޮޓޯ: ނިޝާން އަލީ| މިހާރު

ޤައުމު ސަލާމަތްކުރުމުގެ ވިސްނުން އުފެދެނީ އާއިލީ ވިސްނުންތަކުގެ ތެރެއިން ކަމުގައި ރައީސުލްކުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގްވާމީ އާއިލާތަކުގެ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޤައުމީ ލޯތްބާއި، ޤައުމީ ޚިދުމަތާއި، ޤައުމު ސަލާމަތް ކުރުމުގެ ވިސްނުން އުފެދެނީ އާއިލާތަކުގެ ތެރެއިން ކަމަށް ވުމުން،  ޤައުމުގެ ދެމިއޮތުމަށް އާއިލާތައް ބަދަހިވެ، ހަރުދަނާވުން މުހިންމުކަމުގައެވެ.

https://x.com/MMuizzu/status/1790602523432399028

އާއިލީ ގުޅުންތައް ބަދަހިކޮށް ދުޅަހެޔޮކުރުމަށް ސަރުކާރުން ގެންގުޅޭ ވިސްނުމުގެ ތެރެއިން “ހާލު ކިހިނެތް؟”ގެ ނަމުގައި މުޅި ރާއްޖޭގައި ދިރިއުޅޭ ހުރިހާ އާއިލާތަކެއްގެ ހާލަތު ދެނެގަތުމަށް، އިޖުތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން، ޤައުމީ ޕްރޮގްރާމެއް ފެށުމަށް ވަނީ ނިންމައިފައެވެ.

އިޖުތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. އައިޝަތު ޝިހާމު ކުރިން ވިދާޅުވެފައި ވަނީ، އެ ޕްރޮގްރާމްގެ ދަށުން މި އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ދިރިއުޅޭ ހުރިހާ އާއިލާތަކަށް ވުޒާރާގެ ފަރާތުން ޒިޔާރަތްކޮށް ހާލު ބަލާނެ ކަމަށެވެ.

ވަޒީރު ވިދާޅުވީ، އާއިލާތަކަށް ޒިޔާރަތް ކުރުމުގެ ތެރޭގައި އެ އާއިލާތަކުގެ ދަތިތަކާ ހާލު ދެނެގަނެވި، އެ ފަރާތްތަކުގެ ދަތިތަކަށް ހައްލު ހޯދުމަށް ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-