-Advertisement-

-Advertisement-

މުދާ އުފުލާ ދޯންޏެއް ގެއްލިގެން ހޯދަނީ

ކ ތިލަފުށިން ފުރައިގެން މ.މެދުފުށި އައިލެންޑް ރިޒޯޓަށް ދަތުރުކުރަމުން ދިޔަ ދޯންޏެއް ގެއްލިގގެން ހޯދަންފަށައިފިއެވެ.

އެގޮތުން އެމްއެންޑީއެފުން ހާމަކުރި ގޮތުގައި ކ ތިލަފުށިން ފުރައިގެން ތިން މީހުންނާއެކު ދަތުރުކުރަމުން ދިޔަ “AAA-37” ނަމަކަށް ކިޔާ މުދާ އުފުލާ މި ދޯނީގެ ޚަބަރެއް ނުވެގެން މިހާރު ހޯދަމުން އަންނަ އިރު މި ދޯނި ތިލަފުށިން ނައްޓާލައިފައިވަނީ އިއްޔެ ހެނދުނު 6:00 ހާއިރުވެއެވެ.

މި ދޯނީގެ ޚަބަރެއް ނުވެގެން އެކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ، އިއްޔެ ހަވީރު 17:20 ހާއިރު ކަމުގައިވެސް އެމްއެންޑީއެފުން ބުނެއެވެ.

މީގެ އިތުރުން ގެއްލުނު ދޯނި ހޯދުމުގެ މަސައްކަތުގައި  އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް، ޝަހީދު އަލީ ހަރަކާތްތެރިވަމުން އަންނަ ކަމުގައި އެ އިދާރާއިން ބުނެއެވެ.

މި ދޯންޏާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަމްބަރު 191 ގުޅައި މަޢުލޫމާތު ހިއްސާ ކުރުމަށް އެމްއެންޑީއެފުން އެދެއެވެ.

މި ދުވަސްވަރަކީ މޫސުން ވަރަށް ގޯސް، ކަނޑުތައް ވެސް ވަރަށް ގަދަ ދުވަސްވަރެއް ކަމުން ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން ދަތުރަށް ފެށްޓެވުމުގެ ކުރިން މޫސުމާއި ބެހޭ ޤައުމީ އިދާރާއިން މޫސުން ލަފާކުރާ ގޮތުގެ އަދާހަމަތައް ބެއްލެވުން މުހިއްމެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-