އިއްޔެ ތ ކަނޑޫދޫގައި ފާރެއްގެ ދަށުވެ އަނިޔާވި 10 އަހަރުގެ ކުއްޖާ އިތުރު ފަރުވާއަށް މާލެއަށް ގެނެއްސިއެވެ.
މިއަދު ހެނދުނު އެއަރ އެމްބިއުލާންސްގައި މާލެ ގެނެސް އަނިޔާވި ކުއްޖާއަށް މިހާރު އައިޖީއެމްއެޗްގައި ވަނީ ފަރުވާދޭން ފަށައިފައެވެ.
އެގޮތުން އެ ކުއްޖާގެ ފައިގެ ބައެއް ކަށިތައް ބިނދިފައިވާކަމަށް ކުއްޖާއަށް ފަރުވާދިން ޑޮކްޓަރުންނާއި ހަވާލާދީ އެ ހޮސްޕިޓަލުން ބުނެއެވެ.
އަނިޔާވި ކުއްޖާ މާލެ ގެނައީ ކުއްޖާގެ އެތެރެ ހައްޓަށް ލިބިފައިވާ ގެއްލުން ނޭނގޭތީވެ އެކަން ބެލުމަށް ޓެސްޓްތަކެއް ހެދުމަށެވެ.
މިކުއްޖާއަށް އަނިޔާވީ އެ އުމުރުގެ އެހެން ކުދިންތަކަކާ އެކު ކުޅެން އުޅެނިކޮށް އެ ފާރު ކުއްޖާގެ ގައި މައްޗަށް ވެއްޓިގެން ކަމަށާއި، އެ ކުއްޖާ އެ ވަގުތު ސަލާމަތް ކުރީވެސް އެކުގައި އުޅުނު ކުދިން ކަމަށް އެ މަންޒަރުދުށް މީހުން ބުނެއެވެ.
ވެއްޓުނު ފާރަކީ ގެއެއްގެ ވަށާފާރު ކަމަށާއި އެއީ ވަރަށް ދުވަސްވީ ފާރެއް ކަމަށްވެސް އެމީހުން ވަނީ ބުނެފައެވެ.