-Advertisement-

-Advertisement-

ފަންޑިތަ ހަދައިގެން ބަންދު ކުރި މީހާގެ ބަންދަށް އިތުރު 10 ދުވަސް

ފުނަދޫގައި ސިހުރު ހެދިކަމަށް ބުނާތަކެތި ނަގަނީ

ށ ފުނަދޫގައި އިންތިހާބީ މެންބަރަށް ފަންޑިތަ ހެދިކަމަށް ތުހުމަތުކޮށް ހައްޔަރު ކުރި 60 އަހަރުގެ ފިރިހެން މީހާގެ ބަންދަށް އިތުރު 10 ދުވަސް ޖަހައިފިއެވެ.

މި މީހާ ހައްޔަރު ކޮށްފައިވަނީ މި މަހުގެ 3 ވަނަ ދުވަހުއެވެ. އެ އިރު އޭނާގެ ބަންދުގެ ގޮތުގައި ޖެހީ 15 ދުވަހެވެ. މި މުއްދަތު ހަމަވެ އޭނާގެ ބަންދާ މެދު އިތުރު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރެވުމުން އިތުރު 10 ދުވަސް ކޯޓުން ޖަހާފައިވެއެވެ.

އޭނާ ފަންޑިތަ ހެދިކަމަށް ތުހުމަތު ކުރެވެނީ ށ ފުނަދޫ ދާއިރާގެ އިންތިހާބީ މެންބަރު މުޙައްމަދު މަމްދޫހް – މަންޑޭއަށެވެ. އޭނާ ލައްވާ ފަންޑިތަ ހެދުވި ކަމަށް ރަށުގެ ރައްޔިތުން ތުހުމަތު ކުރަނީ މި ވަގުތު އެ ރަށުގެ ކައުންސިލްގެ ރައީސްގެ މަގާމު ފުރުއްވަމުން ގެންދަވާ ބޭފުޅާއަށެވެ. ކައުންސިލްގެ ރައީސް އަޙްމަދު އިބްރާހިމް ފުޅު މި ތުހުމަތުތައް ދޮގުކޮއްފައެވެ

ކަބީލާ ލޮއިގައި މަންޑޭގެ ނަމާއި ޤުރުއާނުގެ އާޔަތްތައް ލިޔެފައި ގަސްގަހަށް ޖަހާފައިވާކަމަށް އެ ރަށުގެ ރައްޔިތުން އެ އިރު ވަނީ ބުނެފައެވެ. އަދި މީގެ ޖުމްލަ 7 ލޮއިކޮޅު ހަދާފައިވާކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ. މިހާތަނަށް އައި އިރު ފެނިފައިވަނީ 5 އެތިކޮޅުކަމަށް މައުލޫމާތު ލިބެއެވެ.

ފަންޑިތަ ހަދާ މީހާ ސިހުރު ހަދާފައިވަނީ މަންޑޭ މަރާލުމަށް ކަމަށް އެ ރަށުގެ ރައްޔިތުން ބުނެފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-