-Advertisement-

-Advertisement-

ސަލާހު ސައުދީ ލީގަށް ބަދަލުވަނީތަ؟

ފޮޓޯ: ސްކައި ނިއުސް

ލިވަޕޫލް އަދި މިސްރުގެ ޤައުމީ ޓީމުގެ ފޯވާޑް މުޙައްމަދު ސަލާހު ސައުދީ އަރަބިއްޔާ ލީގަށް ބަދަލުވާން އުޅޭ ކަމުގެ ޚަބަރުތައް އަނެއްކާވެސް ފެތުރެން ފަށައިފިއެވެ.

ގާތްގަނޑަކަށް ނުވަ އަހަރު ފަހުން ލިވަޕޫލްގެ ކޯޗުކަން ކޮށްދިން ކްލޮޕް އެ ޓީމު ދޫކޮށްލުމާއި, ފޭނޯޑްގެ ކޯޗު އާނޭ ސްލޮޓް އޭނާގެ މަޤާމަށް އަންނަކަން ކަށަވަރުވުމާއެކު، ސަލާހުގެ މިއަންނަ ސީޒަަނުގައި ފެންނާނީ ލިވަޕޫލްގައި ކަމާމެދު ޝައްކުތަކެއް ވާކަމުގެ ޚަބަރުތައް އަނެއްކާވެސް ފެތުރެންފަށައިފައިމިވަނީ, އޭނާގެ ކޮންޓްރެކްޓް ހަމަވާންވެސް ބާކީ އެންމެ އަހަރަކަށް ވެފައި އޮތް ދަނޑިވަޅެއްގައެވެ.

އެހެން ނަމަވެސް ހޯމަ ދުވަހުގެ ރޭ ސަލާހު ބުނެފައިވަނީ އޭނާ މިއަންނަ ސީޒަނުގައިވެސް ލިވަޕޫލްގައި މަޑުކުރާނެ ކަމަށެވެ. އަދި ނިމިގެން މިދިޔަ ސީޒަނަށްވުރެ ރަނގަޅު ކުޅުމެއް މިއަންނަ ސީޒަނުގައި ދައްކާނެ ކަމަށް އަޒުމް ކަނޑައަޅާކަމަށްވެސް ސަލާހު ބުނެފައިވެއެވެ.

ސަލާހު އަކީ ލިވަޕޫލްގެ ތާރީޚުގައި 3 ވަނަޔަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-