ގެދޮރުވެރިޔާ ސްކީމްގެ ފުރަތަމަ ބުރުގައި 4000 ފްލެޓެއް ލިބޭ ފަރާތްތައް އިއުލާނުކޮށްފައިވާ އިރު އެ ލިސްޓްގައި ހިމެނޭ މައްސަލަތައް ބެލުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޖިނާއީ ތަޙުޤީޤެއް ކުރިއަށްގެންދާ ކަމަށް ބުނެފިއެވެ.
މި ކަން އޭސީސީގެ ފަރާތުން އޮފިޝަލަކު ވަނީ މީޑިއާއަކަށް ކަށަވަރުކޮށްދީފައެވެ. އެހެންނަމަވެސް މި ތަޙުޤީޤާ ބެހޭ އިތުރު މައުލޫމާތު މި ވަގުތު ހިއްސާ ކުރެވެން ނެތްކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
އޭސީސީން މީގެ ކުރިން ވަނީ ކުރީގެ ސަރުކަރުގައި ނެރެފައިވާ ލިސްޓްގައި ހިމެނޭ ޝަރުތުހަމަވާ ފަރާތްތަކުގެ ލިސްޓެއް ހައުސިންގް މިނިސްޓްރީއަށް ފޮނުވާފައެވެ.