އިޒްރާއިލުން ފަލަސްތީނުގައި ކުރަމުންދާ ހަނގުރާމަ ކުށްވެރިކޮށް ނޯވޭ, އަޔަރލޭންޑް އަދި ސްޕެއިން އިން ފަލަސްޠީނަކީ މިނިވަން ދަޢުލަތެއް ކަމުގައި ބަލައިގަންކަމަށް އިޢުލާންކޮށްފިއެވެ.
ބުދަ ދުވަހު މި ޤައުމުތަކުން ފަލަސްޠީނަކީ މިނިވަން ދަޢުލަތެއްކަމުގައި އިޢުލާން ކުރުމާއި ގުޅިގެން ފަލަސްޠީނުން ވަނީ މި ޤައުމުތަކުގެ ނިންމުމަށް މަރުޙަބާ ކިޔާފައެވެ. ނަމަވެސް އިޒްރާއިލުން ވަނީ މި ނިންމުން ކުށްވެރިކޮށް އެ ޤައުމުތަކަށް ކަނޑައެޅީފައިވާ ޞަފީރުން އިޒްރާއިލަށް އަބުރައި ގެނެސްފައެވެ.
އިޒްރާއިލުގެ އަސްކަރިއްޔާއިން ފަލަސްޠީނާ ދެކޮޅަށް ޣައްޒާގައި ކުރަމުންއަން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އެހެެން ޤަމުތުތަކާއި އިޒްރާއިލާއި ދެމެދުގައި އޮތް ގުޅުމަށް ވަނީ ވަރަށް ބޮޑު ހީނަރުކަމެއް އައިސްފައެވެ. މި ހަފްތާގައި ބައިނަލް އަޤްވާމީ ކްރިމިނަލް ކޯޓުގެ ޗީފް ޕްރޮސެކިއުޓަރ ވަނީ އިޒްރާއީލުގެ ޕްރައިމް މިނިޓަރު ނެތިންޔާހޫ އަދި ޑިފެންސް މިނިސްޓަރު ހައްޔަރު ކުރުމަށް އެރެސްޓް ވޮރަންޓް ނެރޭނެކަމުގައި ހާމަކޮށްފައެވެ. އެހެނަސް, އައިސީސީއިން އިޒްރާއިލުން ފަލަސްތީނުގައި ހިންގަނީ ޤަތުލުއާންމެއްކަމުގައި ކުރާ ތުހުމަތާއި ދެކޮޅަށް އިޒްރާއިލުންވަނީ ބަޔާން ނެރެ އެކަން ކުށްވެރިކޮށްފައެވެ.
140 ޤައުމު ހިމެނޭ ޔޫއެންގެ ތިންބައިކުޅަ ދެބަޔަށްވުރެ ގިނަ ޤައުމުތަކުންވަނީ ފަލަޞްތީނަކީ މިނިވަން ދަޢުލަތެއްކަމުގައި ބަލައިގަންނަކަން އިޢުލާންކޮށްފައެެވެ.