-Advertisement-

-Advertisement-

އިނގިރޭސީންގެ ޔޫރޯ ސްކޮޑް އިއުލާނުކޮށްފި: ރެޝްފޯޑް ނުހިމެނޭ!

އިނގިރޭސިވިލާތުގެ ކޯޗު ގެރެތު ސައުތުގޭޓް ޔޫރޯ 2024 މުބާރާތަށް އޭނާގެ ވަގުތީ 33 ކުޅުންތެރިންގެ ސްކޮޑު އިއުލާން ކޮށްފިއެވެ.

އަންގާރަދުވަހު ސައުތުގޭޓް އިއުލާނުކުރި ވަގުތީ ސްޚޮޑުގައި އެބެރެޗީ އެޒޭ، މާކް ގުއެހީ އަދި ކޮބީ މައިނޫ އަށް ފުރުސަތު ދީފައިވީ ނަމަވެސް މެންޗެސްޓާ ޔުނައިޓެޑްގެ މަޝްހޫރު ފޯވާޑް މާކަސް ރެޝްފޯޑް އަދި ކުރީގެ ލިވަޕޫލް ކެޕްޓަން ޖޯޑަން ހެންޑަސަން އަށް ޖާގަ ދީފައި ނުވެއެވެ.

އުމުރުން 26 އަހަރުގެ ރެޝްފޯޑް އަކީ ސްކޮޑުން ޖާގަލިބިފައިނުވާ އެންމެ މަޝްހޫރު އަދި އެންމެ ހުނަރުވެރި އެއްކުޅުންތެރިޔާކަން ފާހަނގަކޮށްލެވޭއިރު އޭނާ ވަނީ ޔޫރޯ 2016 އިން ފެށިގެން އިނގިރޭސިވިލާތުގެ ވޭތުވެދިޔަ ހަތަރު މުބާރާތުގައި ސްކޮޑް މެމްބަރެއްގެ ގޮތުގައި ކުޅެފަ އެވެ.

ޔޫރޯ 2020 ވެމްބްލީގައި ކުޅުނު ފައިނަލްގެ މެޗުގެ ޕެނަލްޓީ ޝޫޓްއައުޓްގައި އިޓަލީ އަތުން ބަލިވި އިންގްލެންޑުގައި ޕެނަލްޓީއެއް އޭނާއަތުން މިސްވެފައިވާއިރު, 2022 ވަނަ އަހަރުގެ ގަތަރު ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލް ސްޓޭޖުގައި އެޓީމު ފްރާންސް އަތުން ބަލިވި މެޗުގައިވެސް އޭނާ ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެފައެވެ.

ނަމަވެސް ޕްރިމިއާ ލީގުގެ މިސީޒަނުގައި ޔުނައިޓެޑަށް ރެޝްފޯޑަށް 33 މެޗުން ޖެހިފައިވަނީ އެންމެ ހަތް ގޯލެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-