މާލޭގެ ބައެއް ސަރަހައްދުތަކުގެ ކަރަންޓް ވިއުގަރ އަޕްގްރޭޓް ކުރުމުގެ މަސައްކަތް ކުރިއަށްދާތީ މިއަދުގެ ބައެއް ވަގުތުތަކުގައި މާލޭގެ ސަރަހައްދުތަކުން ކަރަންޓް ގޮސްދާނެ ކަމުގައި ސްޓެލްކޯއިން ބުނެފިއެވެ.
އެގޮތުން އެ ކުންފުނިން ހާމަކޮށްފައިވާގޮތުގައި ކަރަންޓް ވިއުގަރ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި މިއަދުގެ 14:00ން 16:00އި ދެމެދު ބުރުޒުމަގު އަދި ރަށްދެބައި ހިނގުން ހިމެނޭ ސަރަހައްދުން މިއަދު ކަރަންޓް ކެނޑުމަކީ އެކަށީގެންވާ ކަމެއްކަމުގައެވެ. މީގެ އިތުރުން މިއަދު ހެނދުނު 10:00ން 12:00އި ދެމެދު އަމީނީ މަގު، މިރިހި މަގު، ނިކަގަސް މަގު، އައިމިނާރަނި ހިނގުން އަދި ތަބްރޭޒީ ހިނގުން ހިމެނޭ ސަރަހައްދުން ކަރަންޓް ކެނޑުމަކީ އެކަށީގެންވާ ކަމެއްކަމުގައިވެސް އެ ކުންފުނިން ބުނެފައިވެއެވެ.
މީގެ އިތުރުން ސްޓެލްކޯއިން ވަނީ ކަރަންޓް ކެނޑުގެ ސަބަބުން ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް މަޢާފަށް އެދިފައެވެ.
ދޭތެރެ ދޭތެރެއިން މާލޭގެ ސަރަހައްދުތަކުގެ ކަރަންޓް ވިއުގަރ އަޕްގްރޭޓް ކުރުމުގެ މަސައްކަތް ސްޓޭލްކޯއިން ކުރިއަށް ގެންދާއިރު އެ ވަގުތުތަކުގައި މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑެއެވެ.