-Advertisement-

-Advertisement-

މޫސުން ގޯސްވެ ނެރުނު އޮރެންޖެ އެލާޓްގެ ވަގުތު އިތުރުކޮށްފި!

ވިއްސާރަވެ ކަނޑުގަދަ ވެފައި ވަނިކޮށް ދަތުރުފަތުރުގައި ނިކުމެ އުޅޭ އުޅަނދުތަކެއް

ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި މޫސުން އިތުރަށް ގޯސްވެ ވައޮގަދަވެ ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން މިއަދު ނެރުނު އޮރެންޖް އެލާޓްގެ ވަގުތު އިތުރުކޮށްފިއެވެ.

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް އެ އިދާރާއިން ވަނީ މިއަދު ފަތިހު 5:15ން ހެނދުނު 8:15އާއި ދެމެދު ރ އަތޮޅުން ފެށިގެން ވ އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށް އޮރެންޖް އެލާޓް ނެރެފައެވެ.

ނަމަވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މިހާރު ވަނީ ހއ. އަތޮޅުން ފެށިގެން ވ. އަތޮޅުގެ ރަށްތަކަށް މިއަދު ހެނދުނު 11:00 އާ ހަމައަށް އޮރެންޖް އެލާޓްގެ ވަގުތު އިތުރުކޮށްފައެވެ.

މި ސަރަހައްދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށްފައިވާއިރު ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.

މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

މި ދުވަސްވަރަކީ މޫސުން ގޯސް ކަނޑުތައް ގަދަ ދުވަސްވަރަކަށްވާތީ ކަނޑުދަތުރުކުރާ މީހުން ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން މާލޭގައި ބްރިޖާއި ހައިވޭ ގައި ސައިކަލު ދުއްވުމުގައި ކުޑަ ނަގައިގެން ނުދުށްވުމަށާއި ހެލްމެޓް ވިއްސައިގެން ނުދާނެހެން ރަނގަޅަށް ބާރުކޮށްގެން ދުއްވުމަށް ފުލުހުންގެ އިދާރާއިންވެސް ވަނީ އިލްތިމާސްކޮށްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-