-Advertisement-

-Advertisement-

އުނގޫފާރުގައި ކަރަންޓު ޖެހުނު 18 އަހަރުގެ ކުއްޖާގެ ހާލު ސީރިއަސް

ރ. އުނގޫފާރު. ފޮޓޯ: ސަން

އިއްޔެ މެންދުރު ފަހު ރ. އުނގޫފާރުގައި ކަރަންޓުގައި ޖެހުނު 3 ކުދިންގެ ތެރެއިން އެއްކުއްޖެއްގެ ހާލު ސީރިއަސްކަމަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ބުނެފިއެވެ.

އެ ހޮސްޕިޓަލުން އާންމުކޮށްފައިވާ ގޮތުގައި އެންމެ ބޮޑަށް ހާލު ދެރަވެފައި ވަނީ އުމުރުން 18 އަހަރުގެ ފިރިހެން ކުއްޖެކެވެ. އެ ކުއްޖާއަށް މިހާރު ފަރުވާ ދެމުން ގެންދަނީ އައިސީޔޫގައި ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

އެ ކުއްޖާގެ ހިތާއި ފުއްޕާމޭ މަސައްކަތްކުރަން ފެށީ ބައިގަޑިއިރަށް ފަހު ކަމަށް ޑަކްޓަރު އެންގި ކަމަށް އެ ކުއްޖާގެ އާއިލާގެ ފަރާތުން މީޑިއާއަކަށް މައުލޫމާތު ދީފައިވެއެވެ. އަދި އެއަށް ފަހު އައިސީޔޫއަށް ބަދަލުކުރާކަމަށް ޑަކްޓަރު އެންގި ކަމަށް ވެއެވެ.

އާއިލާއިން ބުނެފައިވާ ގޮތުގައި ކުއްޖާގެ ހާލާ ބެހޭ އިތުރު ތަފުސީލު ލިބޭނީ 72 ގަޑިއިރު ފަހުން ކަމަށް ޑޮކްޓަރު ވަނީ އަންގާފައެވެ.

ދެން ތިބި ދެ ކުދިންގެ ހާލު ސީރިއަސް ނުވި ނަމަވެސް އަދިވެސް އެ ދެ ކުދިންނަށް ވެސް ހޮސްޕިޓަލުގައި ފަރުވާ ދެމުން ގެންދާ ކަމަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ހާމަކުރެއެވެ.

އުނގޫފާރު ހޮސްޕިޓަލުން ހާމަކުރި ގޮތުގައި 18 އަހަރުގެ ކުއްޖާގެ ހާލު މާލެ ގެންނަހާ ސީރިއަސްއެއް ނޫނެއެވެ. އަދި އެ ހޮސްޕިޓަލުގައި ބާއްވައިގެން ކުއްޖާއަށް އެކަށީގެންވާ ފަރުވާ ދެވޭނެކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-