-Advertisement-

-Advertisement-

ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލު ރައީސް ތަސްދީގު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު – ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުން ފާސްކުރި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފިއެވެ.

ރައީސް މި ބިލު ތަސްދީގު ކުރެއްވީ އިއްޔެއެވެ. މި ބިލަކީ ޤާނޫނާ ޚިލާފުވާ ފަރާތްތައް އެއް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ހިމަނައި އެކުލަވާލެވިފައިވާ ބިލެކެވެ.

ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މި މަހުގެ 13 ވަނަ ދުވަހުއެވެ. މި ބުލު ހުށަހެޅުއްވީ ނިމިދިޔަ 19 ވަނަ ދައުރުގައި މަނަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަޙްމަދު ހާރޫނެވެ.

މި ބިލަކީ ރާއްޖޭގައި އުފައްދާ އަދި ބޭނުންކުރާ ކާބޯތަކެއްޗާއި ރާއްޖެއަށް އިމްޕޯޓުކުރާ އަދި ރާއްޖެ އިން އެކްސްޕޯޓުކުރާ ކާބޯތަކެއްޗަކީ ރައްކާތެރި، ސިއްހަތަށް ފައިދާހުރި އަދި އާންމު ސިއްހަތަށް ގެއްލުންނުވާ ފަދަ ތަކެތިކަން ކަށަވަރުކުރުމަށްޓަކައި ޤާނޫނެއް ތަންފިޒުކުރުމަށް އަޙްމަދު ހާރޫނު ހުށަހެޅުއްވި ބިލެއްކަން ފާހަގަކޮށްލެވެއެވެ. މި ޤާނޫނުގައި ކާބޯތަކެތީގެ ފެންވަރު ހިފެހެއްޓުމާއި ރައްކާތެރިކަން ދެމެހެއްޓުމާގުޅޭ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމަށް އެ ބިލުގައި ހުށަހަޅުއްވާފައިވެއެވެ.

އެ ބިލު ތަސްދީގު ކުރެވި އިއްޔެ ވަނީ ގެޒެޓުގައި ޝާއިއު ވެސް ކުރެވިފައެވެ. އަދި އިއްޔެއިން ފެށިގެން ތިން މަސް ދުވަސް ހަމަވާ ތާރީޙުން ފެށިގެން މި ގާނޫނަށް އަމަލުކުރަން ފެށޭނެ ކަމަށް ކަނޑައެޅިފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-