-Advertisement-

-Advertisement-

ގެސްޓް ހައުސްއެއްގައި ރަހީނުކޮށްގެން ގެންގުޅުނު މީހަކު ސަލާމަތްކޮށްފި

ލުހުން އާންމުކޮށްފައި ވަނީ ރާއްޖެއިން ބޭރުގެ އެއްވެސް ނަންބަރެއް ބޭނުން ކޮށްގެން ފުލުހުން މުއާމަލާތް ނުކުރާނެކަމަށް. ފޮޓޯ: މިހާރު

މާފަންނު ގެސްޓް ހައުސްއެއްގައި ރަހީނުކޮށްގެން ގެންގުޅުނު ބިދޭސީއަކު ސަލާމަތްކޮށްދީފިއެވެ.

މި މީހާ ރަހީނުކޮށްގެން ގެންގުޅެފައިވަނީ، މާފަންނު ވީބީ މާޓް، ގޯޅިތެރޭގައި ހުންނަ “ސްކައި ލޭންޑް” ކިޔާ ގެސްޓްހައުސްއެއްގެ ތެރޭގައެވެ.

އެގޮތުން ނޭޕާލްގެ މި ބިދޭސީ މީހާ ރަހީނުކޮށްގެން ގެންގުޅޭތާ މިހާރު ހަފްތާއެއްހާ ދުވަސް ވެއްޖެ ކަމަށް މައުލޫމާތު ލިބެއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި އިއްޔެ ލިބުނު ރިޕޯޓަކާއި ގުޅިގެން ފުލުހުންގެ އެންޓި-ހިއުމަން ޓްރެފިކިން ޑިޕާޓްމެންޓުގެ ފަރާތުން އެ ގްސްޓްހައުސް ބަލައި ފާސްކޮށް ރަހީނުކޮށްފައިވާ މީހަ ސަލާމަތްކޮށްފައިވާކަމަށެވެ.

އެންމެ ސީރިއަސް ކުށްތަކުގެ ތެރޭގައި ހިމެނޭ، މި މައްސަލައިގައި މިހާތަނަށް ބަންގްލަދޭޝްގެ ދެ މީހުން ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފިރިހެންމީހާ ސަލާމަތްކޮށް މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-