-Advertisement-

-Advertisement-

ސިޑްސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އެންޓިގާ ބާބުޑާއަށް ފުރާވަޑައިގެންފި

ސިޑްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އެންޓިގާ ބާބުޑާއަށް ފުރާވަޑައިގަންނަވަނީ-- ފޮޓޯ: ރައީސް އޮފީސް

އެންޓިގާ ބާބުޑާގައި ކުރިއަށްދާ ސްމޯލް އައިލެންޑް ޑިވެލޮޕްމަންޓް ސްޓޭޓްސް (ސިޑްސް)ގެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގެންފިއެވެ.

ރައީސް ބާބުޑާއަށް ފުރާވަޑައިގެންނެވީ ރޭގެ ވަގުތެއްގައެވެ. ކޮންމެ 10 އަހަރަކުން އެއްފަހަރު ކުރިއަށްގެންދާ މި ކޮންފަރެންސަކީ ސިޑްސްގެ ހަތަރުވަނަ ކޮންފަރެންސްކަން ވެސް ފާހަގަކޮށްލެވެއެވެ. އ.ދ.އިން އިންތިޒާމު ކުރާ މި ކޮންފަރެންސްގެ ނައިބު ރައީސުންގެ ތެރޭގައި ރާއްޖޭގެ ރައީސް، ޑރ. މުޙައްމަދު މުޢިއްޒު ހިމެނިވަޑައިގަންނަވައެވެ. އަދި ރައީސްއަކީ މި ކޮންފަރެންސްގައި ހިމެނޭ ފަސް އިންޓަރެކްޓިވް ޑައިލޯގުގެ ކޯ-ޗެއަރއެވެ.

މި ކޮންފަރެންސްގެ މި އަހަރުގެ ޝިއާރަކީ ‘ޗާރޓިންގ ދަ ކޯސް ޓުވާޑްސް ރިސިލިއަންޓް ޕްރޮސްޕަރިޓީ’ ނުވަތަ ފާގަތިކަމާއި ވިލުންތެރިކަން ހާސިލްކުރުމަށް ހިތްވަރާއެކު މަސައްކަތްކުރުމެވެ.

އަންނަ ހޯމަ ދުވަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ސަމިޓްގެ ޕްލީނަރީ ސެޝަންގައި ދިވެހިރާއްޖޭގެ ޤައުމީ ބަޔާން އިއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. މީގެ އިތުރުން އެ ބަޔާނުގައި ވާގޮތުގައި ސިޑްސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާ ބޭރު ޤައުމުތަކުގެ ވަފްދުތަކުގެ މަތީ ފަންތީގެ ބައެއް ބޭފުޅުންނާ ރައީސް ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މި މަހުގެ 23 ވަނަ ދުވަހު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު، ރައީސްގެ މި ދަތުރުފުޅާ ބެހޭގޮތުން މައުލޫމާތު ހިއްސާ ކުރައްވަމުން ވިދާޅުވީ މި ކޮންފަރެންސްގައި އެ މަނިކުފާނު 7 ސްޓޭޓްމަންޓެއް ދެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. ހަމައެހެންމެ ރާއްޖެއިން އިންތިޒާމުކޮށްގެން 3 ހަރަކާތެއް ބާއްވާނެ ކަމަށް ވެސް ހީނާ ވިދާޅުވިއެވެ.

މި ކޮންފަރެންސްގައި ރައީސްގެ އަރިހުގައި ރާއްޖެއިން ވަފުދެއް ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. އެއީ:

  • ފޮރިން މިނިސްޓަރ – މޫސާ ޒަމީރު
  • އެންވަޔަރަމަންޓް މިނިސްޓަރ – ޡާރިޤް އިބްރާހީމް
  • ހައުސިން މިނިސްޓަރ – ޑރ. ޢަލީ ހައިދަރު
  • ކްލައިމެޓް އެންވޯއީ – އަލީ ޝަރީފް
  • އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ – އިބްރާހީމް ފަޒުލް ރަޝީދު
  • އެމްބެސެޑާ އެޓް ލާޖު – ޑރ. އަލީ ނަސީރު މުޙައްމަދު

ސިޑްސް ކޮންފަރެންސަށް ރައީސްއަށް ދައުވަތު އެރުވީ އެންޓިގުއާ އެންޑް ބާބިއުޑާގެ ބޮޑުވަޒީރު ގެސްޓޮން ބްރައުންއެވެ.ގ

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-