އުތުރުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކު ރޭޕް ކުރިކަމަށް ތުހުމަތު ކުރެވޭ މީހަކު ހައްޔަރު ކޮށްފިއެވެ.
މި މިހާ ހައްޔަރުކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. ހައްޔަރު ކުރި މީހާގެ މައުލޫމާތު ފުލުހުން ވަނީ މީޑިއާތަކާ ހިއްސާކޮށްފައެވެ. އެއީ ނ. މިލަދޫ، މީޒާންގެ، އަޙްމަދު ވިއާމެވެ. އެއި އުމުރުން 27 އަހަރުގެ ފިރިހެނެކެވެ.
އޭނާ ހައްޔަރު ކުރުމުގެ ކޯޓު އަމުރާ ގުޅިގެން އޭނާ ވަނީ ފިލާފައެވެ. އޭނާ ހޯދުމަށް ފުލުހުން ވަނީ ވަނަވަރު އާންމުކޮށް އާންމުންގެ އެހީތެރިކަމަށް އެދިފައެވެ. އެހެން ނަމަވެސް އެ އިރު އޭނާ ހޯދަމުންދަނީ ކޮން ތުހުމަތެއްގައި ކަމެއް ނޭނގެއެވެ.
މި ހާދިސާއެއް ހިނގާފައިވަނީ މިދިޔަ އާދީއްތަދުވަހު ކަމަށް ފުލުހުން ބުނެއެވެ.