-Advertisement-

-Advertisement-

3 ރަށެއްގައި އަޟްޙާ ޢީދު ޤައުމީ ފެންވަރުގައި ފާހަގަ ކުރަނީ

ފޮޓޯ: މިހާރު

މި އަހަރުގެ އަޟްޙާ ޢީދު ޤައުމީ ފެނަވަރެއްގައި ފާހަގަކުރުަމަށް  3 ރަަށެއް ހަމަޖައްސައިފައިވާ ކަމަށް މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖުން ހާމަކޮށްފިއެވެ.

އެ މިނިސްޓްރީން މިއަދު ނެރެފައިވާ އިޢުލާންގައި ކަނޑައަޅާފައިވާ ގޮތުގައި މިއަހަރުގެ އަޟްޙާ ޤަޢުމީ ފެންވަރުގައި ފާހަގަކުރ މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު، ރާއްޖޭގެ މެދުން ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ އަދި ރާއްޖޭގެ ދެކުނުން ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިއްޔެވެ،

މިއަހަރުގެ އަޟްހާ ޢީދު ފާހަގަކުރުމަށް ޝަޢުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިދިޔަ މަހުގެ 25 ވަނަ ދުވަހު ހުޅުވާލާފައިވާއިރު މިފުރުސަތުގައި 26 ރަށަކުން ޕްރޮޕޯސަލް ހުށައަޅާފައިވާކަމަށް އެވުޒާރާއިން ވިދާޅުވިއެވެ.

ބޮޑު ޢީދުގެ ކުޅިވަރުތައް ޤަޢުމީ ފެންވަރުގައި ފާހަގަކުރާނެ ރަށްތައް ކަނޑައެޅުމުގައި އެވުޒާރާއިން ބަލާފައިވާނީ އެ ރަށަކުން އީދުގައި ކުޅޭނެ ކުޅިވަރުތަކާއި ކައުންސިލުން އެކަމަށް ކުރާނެ ހަރަދުތަކާއި އަގަކާ ނުލައި އެރަށަކުން ކުރާނެ ކަންތައްތަކަށް ކަމަށް އެވުޒާރާއިން ބުނެފައިވެއެވެ.

އަޟްހާ ޢީދުގެ ކުޅިވަރުތައް ފާހަގަކުރާނެ ރަށްތައް ކަނޑައަޅާފައިވާއިރު، މިއަހަރުގެ އަޟްޙާ ޢީދު ދުވަހަށްވާނެ ކަމަށް ލަފާކުރެވެނީ ޖޫން މަހުގެ 17 ވަނަ ދުވަހެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-