-Advertisement-

-Advertisement-

ހުޅުމާލެ ޖަލުގައި ހުރި ގައިދީއަކު މަރުވެއްޖެ

ހުޅުމާލެ ޖަލު – ފޮޓޯ: ދިޔަރެސް

ހުޅުމާލޭ ޖަލުގައި، ހުކުމް ތަންފީޒު ކުރަމުންދިޔަ 83 އަހަރުގެ ފިރިހެނަކު މަރުވެއްޖެއެވެ.

އެ މީހާ އަކީ ތ. ތިމަރަފުށީ މިނިވަން އައްސޭރި އާދަމް އަލި މަނިކު ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްއިން މައުލޫމާތުދެއެވެ. ކަރެކްޝަންއިން ބުނި ގޮތުގައި އޭނާ މަރުވިކަން އެނގުނީ އޭނާ ނުހޭލައިގެން އެ ގޮޅީގައި ތިބި އެހެން ގައިދީން އިއްޔެގެ މެންދުރެއްހާ އިރު ކަރެކްޝަންގެ ސަމާލުކަމަށް އެ ކަން ގެނައުމުން މަރުވެފައި އޮތް މީހާގެ ހާލު ބަލަން އޮފިޝަލުން ވަނުމުންނެވެ.

އާދަމް އަލި މަނިކު މަރުވެފައި ވަނީ 10 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށެވެ. އޭނާ ޖަލަށް ލީ ކުޑަކުއްޖަކާ ބަދުއަޙްލާގީ އަމަލެއް ހިންގައިގެން، 2022 ވަނަ އަހަރުއެވެ. އުމުރުން ދުވަސްވީ މި ފިރިހެން މީހާ އަކީ ހަކުރު ބަލި، ކިޑްނީގެ މައްސަލަތައް، ކުޑަކަމުދާ ނިޒާމުގެ ބަލި، ކޮލެސްޓްރޯލް، ހައިޕާޓެންޝަން އަދި ލޮލުގެ ފެނުމުގައި މައްސަލަ ހުންނަ މީހެއްކަމަށް ވެސް މައުލޫމާތު ލިބެއެވެ.

އާދަމް އަލި މަނިކުގެ ހަށިގަނޑު އިއްޔެ މެންދުރު 12:00 ހާއިރު ހުޅުމާލެ ހޮސްޕިޓަލަށް ގެންދެވުނުކަމަށް ކަރެކްޝަންސްއިން ބުނެއެވެ. ނަމަވެސް އެ އިރު ވެސް އޭނާ އޮތީ މަރުވެފައިކަމަށް ކަރެކްޝަންސްއިން މައުލޫމާތުދެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-