-Advertisement-

-Advertisement-

ރާއްޖޭގެ ތަރައްޤީއަށް ދިމާވާ ގޮންޖެހުންތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފި

ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އދގެ ސެކްރެޓަރީ ޖެނެރަލް އާ ބައްދަލުކުރެއްވުން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް އާ ބައްދަލު ކުރައްވައި ރާއްޖެއަށް ކުރިމަތިވެފައިވާ ތަރައްގީގެ އެކިއެކި ގޮންޖެހުންތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގެ މަހާސިންތާގައި ބައިވެރިވެވަޑައިގަތުމަށް އެންޓިގާ ބާބިއުޑާއަށް މިހާރު ކުރައްވަމުން ގެންދަދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

ވެރިކަމާއި ހަވާލުވެވަޑައިގެންފަހުން، ފުރަތަމަ  އދގެ ސެކްރެޓަރީ ޖެނެރަލް އާ ބައްދަލު ކުރައްވައި ކުރިއަށް ގެންދެވި މަޝްވަރާތަކުގައި ވަނީ ދިވެހިރާއްޖެއާއި އދ އާ ދެމެދު އޮތް ގުޅުން ބަދަހި ކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

https://x.com/presidencymv/status/1795123187430412295

އެގޮތުން މި ބައްދަލުވުމުގެ ތެރެއިން ވަނީ، ސިޑްސް ފަދަ ކޮންފަރެންސެއް ބޭއްވުމުގެ މުހިންމުކަމާއި، މި މަހާސިންތާއިން ނެރެވޭނެ އުންމީދީ ނަތީޖާތަކުގެ މައްޗަށް އަލި އަޅުއްވާލައި މަޝްވަރާ ކުރައްވައިފައެވެ.

މީގެ އިތުރުންވެސް ރައީސްގެ މި ދަތުރުފުޅުގައި ސިޑްސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާ ބޭރު ގައުމުތަކުގެ ވަފްދުތަކުގެ މަތީފަންތީގެ ބައެއް ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް މުއިއްޒަކީ އދ އިން އިންތިޒާމުކުރާ މި ކޮންފަރެންސްގެ ނައިބު ރައީސުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަދި މި ކޮންފަރެންސްގައި ހިމެނޭ ފަސް އިންޓަރެކްޓިވް ޑައިލޮގުގެ ކޯ ޗެއާއެވެ.

ސިޑްސް4 ގެ މި އަހަރުގެ ޝިއާރަކީ “ޗާޓިން ދަ ކޯސް ޓުވާޑްސް ރިސިލިއަންޓް ޕްރޮސްޕަރިޓީ”އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-