-Advertisement-

-Advertisement-

ގަވާއިދު އިސްލާހު ކުރެވެންދެން 19 ވަނަ މަޖިލީހުގެ ގަވާއިދަށް އަމަލުކުރަން ފާސްކޮށްފި

މިއަދު ހުވާ ކުރި 20 ވަނަ ރައްޔިތުންގެ މަޖިލީހުން އަމަލުކުރަންޖެހޭ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އިސްލާޙު ކުރެވެންދެން 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް އަމަލުކުރަން ފާސްކޮށްފިއެވެ.

މިފަދައިން ފާސްކޮށްފައިވަނީ 20 ވަނަ ރައްޔިތުންގެ މަޖިލީސް ޖަލްސާތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އެކުލަވާލާ ފާސްކުރެވެންދެން 19 ވަނަ ރައްޔިތުންގެ ގަވާއިދާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ހުށައެޅުމުންނެވެ.

ފަލާހު ހުށައަޅާފައިވަނީ 26 ޖޫންގެ ނިޔަލަށް އެގަވާއިދު އެކުލަވާލާ މަޖިލީހުގެ ތަޅުމަށް ހުށައެޅުމަށްޓަކައި މަޖިލީހުގެ އާންމު ކޮމިޓީއާ ހަވާލުކުރުމަށެވެ. ފަލާޙްގެ މިހުށައެޅުމަށް މައްޗަން ގޯޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ތާއީދު ތާއީދުކުރައްވައެވެ. އަދި ހަމައެއާއެކު ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުން ވަނީ މިހުށައެޅުމަށް ތާއިދުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

ފަލާހުގެ މި ހުށައެޅުމަށް ތާއީދު ކުރެއްވި މެމްބަރުންގެ ތެރޭގައި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމާއި ހުޅުދޫ ދާއިރާގެ އަބްދުއް ސައްތާރާއި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހިމާއި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާންއާއި އިސްދޫ ދާއިރާގެ މެންބަރު އަހުމަދު ޝަފީއުއާއި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފާއި އަލިފުށި ދާއިރާގެ މެންބަރު އަބްދުއް ލަތީފް އަބްދުއް ރަހްމާން އަދި ކުޑަހުވަދޫ ދާއިރާ މެންބަރު ހުސައިން ހަމީދު ހިމެނިވަޑައިގަންނަވައެވެ.

މީގެ އިތުރުންވެސް ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީއާއި ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހިމް ދީދީއާއި ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާއާއި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަފޫ ހާމިދާއި ކުޑަހުވަދޫ ދާއިރާ މެންބަރު ހުސައިން ހަމީދު އާއި ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރު އަދި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފު ވެސް މި ހުށައެޅުމަށް ތާއީދު ކުރެއްވި މެމްބަރުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވައެވެ.

މިހުށައެޅުމާއި މެދު މެމްބަރުން ވާހަކަ ދައްކާ ބަހުސްކޮށްފައިވާއިރު، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު ވިދާޅުވީ 19 ވަނަ މަޖިލީހުގައި ހަދާފައިވާ ގަވާއިދު ހަދާފައިވަނީ އެހެން މަޖިލީސްތަކުގައިވެސް އެ ގަވާއިދު ބޭނުންކުރެވޭނެ ފަދައިން ކަމަށާއި އެހެން ގަވާއިދެއް ހެދުމުގެ ގަވާއިދަށް ގެންނަން ޖެހޭ އިސްލާޙުތައް ގެނައުން އެއީ ތާއީދު ކުރައްވާ ގޮތް ކަމަށެވެ.

ފަލާހުގެ ހުށައެޅުމަށް ތާޢީދު ކުރައްވާ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވީ ގިނަ ޕާޓީގެ މެމްބަރުންގެ މައްޗަށް ކޮމިޓީ އެކުލަވާލެވެން އޮތްކަމުގައިވާނަމަ އެފަދައިން އަމަލުކުރުމަށެވެ. ނާޒިލްގެ މިރައުޔުއަށް މާފަންނު ދެކުނު ދާއިރާ އިބްރާހިމް ރިފާއު ތާއީދު ކުރައްވާފައެވެ. އަދި ގިނަ މެންބަރުންގެ ހިޔާލާއެކު އެ ގަވާއިދު އިސްލާހުކުރެވިގެން ދިއުމަށް ހުރާ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވަނީ އެދިވަޑައިގެންފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އިސްލާޙު ކުރުމަށް ހުށައަޅާފައިވާ ހުށައެޅުމަކީ މުޅި ގަވާއިދު އިސްލާހު ކުރުމަށް ހުށައަޅާފައިވާ ހުށައެޅުމެއް ނޫން ކަމަށާއި މި ހުށައެޅުމުގެ ދަށުން އިސްލާޙު ކުރެވޭނީ އިސްލާހެއް ގެންނަން ޖެހޭނަމަ އެ އިސްލާހެއް ގެނެސްގެން ކުރިއަށް ގެންދިއުމަށްކަމަށް އެ އިސްލާހެއް ގެނެސްގެން ކުރިއަށް ގެންދިއުމަށް ކަމަށް މިއަދުގެ ޖަލްސާގައި ފަލާހު ވިދާޅުވެފައިވެއެވެ.

ހަމައެއާއިއެކު، ރައްޔިތުން މަޖިލީހުގެ ޕާޓީގެ އަދަދަށް އިދާރީ ބޭފުޅުން ކުރިއަށް ގެންދަވާނެ ކަމަށާއި ވިސްނުމަކީ އިދާރީ ގޮތުން ކުރަން ޖެހޭ މަސައްކަތް ކުޑަކޮށް ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ހަލުވި ސްޕީޑްގައި ކުރުން ކަމށް ވެސް ފަލާހު ވިދާލުވިއެވެ.

އެހެންކަމުން، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އިސްލާޙު ކުރެވެންދެން 19 ވަނަ ރައްޔިތުންގެ މަޖިލީހާއި އެއްގޮތަށް ރައްޔިތުންގެ މަޖިލީސް ކުރިއަށް ގެންދިއުމަށް ވޯޓްގައި މިއަދު ބައިވެރިވި 90 މެމްބަރުންގެ އިއްތިފާޤުން ވަނީ ފާސްކޮށްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-