-Advertisement-

-Advertisement-

މަޖިލީހުގެ ކޮމިޓީތައް ޖޫން 2ގެ ކުރިން އެކުލަވާލާނެކަމަށް ފަލާހް ވިދާޅުވެއްޖެ

ޕީއެންސީގެ ޕީޖީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: - ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް މުގައްރިރުންނާއި މެމްބަރުން އައްޔަން ކުރުމުގެ މަސައްކަތް އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ނިންމާނެކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ ރ އިނގުރައިދޫ ދާއިރާގެ އިންތިޙާބީ މެންބަރު އިބްރާހީމް ފަލާހް ވިދާޅުވެއްޖެއެވެ.

ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާއަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިއަކު ކުރިމަތި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފަލާހް ވިދާޅުވީ އަދި ކޮމިޓީތަކަށް އައްޔަން ކުރާ މުގައްރިރުންނާއި މެމްބަރުން ނުނިންމަވާކަމަށާއި އެ ކަމުގެ މަޝްވަރާތައް މިހާރު ކުރިއަށްދާކަމަށެވެ.

ފަލާހް މިހެން ވިދާޅުވެފައިވާ އިރު މާލިއްޔަތު ކޮމިޓީގެ މުގައްރިރުކަން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ދޭން މިދިޔަ ހޯމަ ދުވަހު ޕީއެންސީގެ ޕީޖީން ބޭއްވި ބައްދަލުވުމެއްގައި މަޝްވަރާކުރެވިފައިވާކަމަށް ޕީއެންސީގެ ޕީޖީގައި ހިމެނިވަޑައިގަންނަވާ މެމްބަރަކު ނޫހަކަށް މައުލޫމާތު ދީފައިވެއެވެ. ހަމަ މި ބައްދަލުވުމުގައި 241 ކޮމިޓީގެ މުގައްރިރުކަން އޭދަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމަށް ދިނުމަށް ވެސް މަޝްވަރާކޮށް ނިންމިކަމަށް އޭނާ ވިދާޅުވިކަމުގައި ނޫސްތަކުން ދަނީ އާންމުކުރަމުންނެވެ.

މީގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކާ ބެހޭ ކޮމިޓީގެ މުގައްރިރަކަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުއަށް ދިނުމަށް ވެސް މަޝްވަރާކުރެވުނުކަމުގައިވެއެވެ. އަދި ޖުޑީޝަރީ ކޮމިޓީގެ މުގައްރިރަކަށް މަނަދޫ ދާއިރާގެ އިންތިޚާބީ މެމްބަރު ހުސްނީ މުބާރަކް ހަމަޖައްސަން ވެސް ނިންމާފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ވިހި ވަނަ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި އިއްޔެ މެންބަރުން ވަނީ ހުވާކުރައްވައިފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-