އަންނަ މަހުގެ ނުވަވަނަ ދުވަހުގެ ކުރިން ވިނަރެސް ފްލެޓްގެ އާންމު ސަރަހައްދުގައި ބަހައްޓައިފައިހުރި އެއްޗެހި ނަގަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން މިއަދު އަންގައިފިއެވެ.
އެޗްޑީސީ އިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ވިނަސްރެސް ފްލެޓުގެ އާންމު ސަރަހައްދުގައި ބަހައްޓައިފައިވާ ތަކެތި ޖޫން މަހުގެ 9 އެއްގެ ކުރިން ނެގަން ވާނެ ކަމަށެވެ.
އެގޮތުން ވިނަރެސް ޓަވަރުގެ ބައެއް ޔުނިޓުތަކުން ހިފާ ގެންގުޅޭ ތަކެއްޗާއި ކުނީގެ ބާވަތްތައް ޔުނިޓު ބޭރުން އާންމު ސަރަހައްދުގައި ބެހެއްޓުމުގެ ސަބަބުން އިމާރާތުގެ ސަލާމާތާއި ރައްކާތެރިކަން ބަލަހައްޓުމަށް އަދި އާންމު ބައިތަށް ސާފުކޮށް އިތުރު އެހެނިހެންޚިދުމަތްތަށް ފޯރުކޮށްދޭން ދަތިވާކަމަށް އެޗްޑީސީ އިން ނެރެފައިވާ ބަޔާނުގައި ބަޔާންކޮށްފައިވެއެވެ.
އެޗްޑީސީ އިން ބަޔާންކޮށްފައިވާ ގޮތުގައި ވިނަރެސް އަކީ ވަކި ޔުނިޓުތަކެއްގައި ތަފާތު ގޭބިސީތަކެއް ދިރިއުޅޭ އިމާރާތަކަށްވެފައި އާންމު ސަރަހައްދު ތަކުގައި މިފަދައިން އެއްޗެހި ބެހެއްޓުމުގެ ސަބަބުން އަވައްޓެރި ފުލެޓަށް އުނދަގުވެދާނެ ކަމަށެވެ.
އޭގެއިތުރުން އިމާރާތުގައި ހިއްގައިމު އަދި ރައްކާތެރި މާހައުލެއް ބިނާކުރަން އިމާރާތުގެ އާންމު ބައިތައް ހަމަހަމަ އުސޫލެއްގެ ދަށުން ބޭނުންކުރެވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވެސް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
އެހެންކަމުން އިމާރާތުގެ އާންމު ތަންތަނާއި ވަސިލަތްތައް ބޭނުން ކުރުމާ ގުޅޭޤަވާއިދަށް ތާބާވެ ޢަމަލުކުރުމަށާއިޤަވާއިދާއި އެއްގޮތަށް އަމަލު ނުކުރާނަމަ ކަނޑައެޅިފައިވާ އުސޫލުގެ މަތިން އެފަރާތެއްގެ މައްޗަށް ފިޔަވަޅު އެޅާނެކަމަށްވެސް ބަޔާންކޮށްފައިވެއެވެ.