-Advertisement-

-Advertisement-

ކަރަންޓު ޖެހުނު ކުއްޖާގެ ހާލު އަދިވެސް ސީރިއަސް

ފޮޓޯ: އަަވަސް އެމްވީ

ފެންގަނޑެއްތެރެއަށް އެރި އުޅުނު 12 އަހަރުގެ ކުޑަކުއްޖާ ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ކަރަންޓު ޖެހުނު 18 އަހަރު އަހަރުގެ ޒުވާނާގެ ހާލު އަދިވެސް ސީރިއަސް ކަމަށާއި އަދިވެސް އޮތީ ވެންޓިލޭޓަރުގައެވެ.

މިމަހު 16 ގައި ހިނގާފައިވާ މިހާދިސާގައި އަނިޔާވި ޒުވާނާއަށް ރ. އުނގޫފާރު ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާ ދިނުމަށް މިދިޔަ ހޮނިހިރު ދުވަހު ސީ އެމްބިއުލެންސްގައި މާލެ ގެނެސްފައިވާއިރު، ހާލު އަދިވެސް ސީރިއަސް ކަމަށާއި އޮތީ ވެންޓިލޭޓަރުގައި ކަމަށް އާއިލާ އާއި ހަވާލާދީ ސަން އިން ރިޕޯޓް ކޮށްފައިވެއެވެ.

“މިއަދު ޑޮކްޓަރު ބުނި އިތުރު ސްކޭނެއް ކުރާ ވާހަކަ. އެކަމަކު އަދި ސްކޭނެއް ނުކުރޭ،” އާއިލާއިން ވާހަކަދެއްކި މީހާ ބުންޏެވެ.

ކަރަންޓު ލިބުނު ޒުވާނާގެ ހަށިގަނޑުގެ ބޭރު ފުށުން މާ ބޮޑު އަނިޔާތަކެއް ލިބިފައި ނުވާ ކަމަށާއި ބޮޑަށް އަނިޔާ ލިބިފައިވަނީ ކަރަންޓު ޖެހުމުގެ ސަބަބުން ހަށިގަނޑުގެ އެތެރެއަށްކަމަށް އާއިލާއިން ބުނެފައިވެއެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު އާއި ހަވާލާދީ ސަން އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި މިހަދިސާ ހިނގަން މެދުވެރިވީ ހޮޅި ދަނޑީގައި ހަރުކުރަން ޖެހޭ އީއެލްސީބީ (އާތު ލީކޭޖް ސާކިޓް ބްރޭކާ)އެއް ހަރުނުކުރެވި ހުރުމުގެ ސަބަބުން ކަމަށެވެ.

ރ. އުނގޫފާރުގައި ހިނގާދިޔަ މިނުރައްކާތެރި ހާދިސާއަށްފަހު، ފެނަކައިން ވަނީ އެކުންފުނިން ކަރަންޓު ހިދުމަތްދޭ ހުރިހާ ރަށެއްގައި ކަރަންޓު ދިނުމުގައި ގަވާއިދާއި އެއްގޮތަށް އަމަލުކުރޭތޯ ބެލުމަށް އިންސްޕެކްޝަންއެއް ހަދަން ނިންމާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-