-Advertisement-

-Advertisement-

މި ސަރުކާރު ފެށުނު އިރު 261 މިލިއަން ރުފިޔާގެ ބޮޑު ދަރަންޔެއް ޕީއެސްއެމްގެ ފަރާތުން ނުދެއްކި އޮތް

ޕީއެސްއެމުން ބޭއްވި މީޑިއާ ބްރީފިންގައި މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު ވާހަކަ ދައްކަވަނީ. ފޮޓޯ: ޕީއެސްއެމް ނިއުސް

ޕަބްލިކް ސާރވިސް މީޑިއާ (ޕީއެސްއެމް)އާ ހަވާލުވެވަޑައިގެންނެވި އިރު ކުންފުނީގެ ދަރަނި 261 މިލިއަން ރުފިޔާއަށް ވުރެ މައްޗަށް ގޮސްފައިވާކަމަށާއި މި ވަގުތު ކުންފުންޏަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ދަރަނި އިންތިހާއަށް ބޮޑުވެފައި އޮތުން ކަމަށް ޕީއެސްއެމްގެ މެނޭޖިންގް ޑިރެކްޓަރ ޒީނާ ޒާހިރް ވިދާޅުވެއްޖެއެވެ.

ޒީނާ ވިދާޅުވީ ސަރުކާރު އިދާރާތަކާއި އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދައްކަން ޖެހޭ ދަރަނީގެ އަދަދު 122 މިލިއަން ރުފިޔާއަށް އަރާކަމަށެވެ. އަދި އަމިއްލަ ކުންފުނިތަކަށް ދައްކަން ޖެހޭ ދަރަނީގެ އަދަދު 27 މިލިއަން ރުފިޔާއަށް އަރާ ކަމަށް ވެސް ޒީނާ ވިދާޅުވެއެވެ. މީގެ އިތުރުން ބޭރުގެ ކުންފުނިތަކަށް 25 މިލިއަން ރުފިޔާ އަދި ލޯނުގެ ގޮތުގައި 87 މިލިއަން ރުފިޔާ ދައްކަންޖެހޭކަމަށް ޒީނާ ވިދާޅުވެއެވެ.

ހަރަދު ކުޑަކޮށް، އާމްދަނީ އިތުރު ކުރާނެ ގޮތްތަކެއް ކަނޑައެޅުމަށްޓަކައި އެ ކަމަށް ދުރު ރާސްތާގެ މާސްޓާ ޕްލޭނެއް ރާވަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މަތީގައި ފާހަގަކޮށްލެވުނު ދަރަނީގެ ތެރެއިން މިހާތަނަށް އައި އިރު 9 މިލިއަން ރުފިޔާ އެކި ފަރާތްތަކަށް ދައްކާފައިވާކަން ޒީނާ ފާހަގަ ކުރެއްވިއެވެ. މި ކަމާ ވިދިގެން ހަރަދު ކުޑަ ކުރުމުގެ ގޮތުން ދުވަހުންދުވަހަށް ކުރާ ހަރަދުތައް 20 އިންސައްތަ ކުޑަކޮއްފައިވާނޭ ކަމަށް ވެސް ޒީނާ ވިދާޅުވިއެވެ. އަދި ބައެއް ބްރޮޑްކާސްޓިން އަދި ލައިސެންސް ފީތައް ނުދައްކާ ގިނަ ދުވަސް ވަމުން ދާތީ އަރާ ޖޫރިމަނާތައް ހުއްޓުވުމަށް ބައެއް ލައިންސެންސްތައް ދޫކޮށްލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޕީއެސްއެމް ހިންގަން ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު ވެސް ބޮޑު ހޭދައެއް ކުރެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-