-Advertisement-

-Advertisement-

ކަރަންޓު ބިލު ބޮޑުވީ ބޭނުން ކުރި މިންވަރު އިތުރުވީމަ: ސްޓެލްކޯ

އަމީނީ މަގުގައި ހުންނަ ސްޓެލްކޯގެ މައި އޮފީސް. ފޮޓޯ: އެޑިޝަން.އެމްވީ

މޭ މަހުގެ ކަރަންޓު ބިލުތައް ބޮޑުވީ އާންމުން ކަރަންޓު ބޭނުން ކުރާ މިންވަރު އިތުރުވުމުންކަމަށް ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ ލިމިޓެޑް (ސްޓެލްކޯ)އިން ބުނެފިއެވެ.

މޭ މަހުން ފެށިގެން ރާއްޖެއަށް ވިއްސާރަ މޫސުން ކުރިމަތިވެފައިވީ އިރު ގިނަ ދުވަސްދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ވާރޭ ވެހިފައިވެއެވެ. އެހެންކަމުން ވިއްސާރަ ކުރަމުންދާ ދުވަސްވަރަކާ ބަލާފައި ލިބުނު ބިލުގެ އަގު މަތިކަމުން، އެ ކަމާ ގިނަ ބަޔަކު ހިތްހަމަ ނުޖެހުން ފާޅުކޮށް، ސޯޝަލް މީޑީއާގައި އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މި ކަމާ ގުޅިގެން ސްޓެލްކޯގެ މީޑިއާ އޮފިޝަލް ރޭގައި ވަނީ މީޑިއާއަކަށް މައުލޫމާތު ހިއްސާ ކުރައްވާފައެވެ. އެގޮތުން އެ ބޭފުޅާ ވިދާޅުވީ ކަރަންޓު ބިލު ބޮޑުވަނީ ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާތީކަމަށެވެ. އަދި މޭ މަހުގެ ކަރަންޓުގެ ބިލަށް ރީޑީން ނަގާ ދުވަސްތައް ދިމާވަނީ ހަމައެކަނި ވިއްސާރަ ދުވަސްވަރަކަށް ނޫންކަމަށް ވެސް އެ ބޭފުޅާ ވިދާޅުވިއެވެ.

ސްޓެލްކޯގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާލެ ރީޖަންގަ އެކަނި ވެސް ސްޓެލްކޯގެ 45000 އަށް ވުރެ ގިނަ ކަސްޓަމަރުން އުޅޭކަމަށެވެ. ވީމާ އެއް ދުވަހެއްގަ ބިލް ހަދާފައި ފޮނުވުމަކީ އެހާ ފަސޭހަ ކަމަކަށް ނުވާކަމަށް އެ ބޭފުޅާ ވިދާޅުވެފައިވެއެވެ. އެހެންނަމަވެސް ބިލުގެ ޞައްޙަކަން ކަށަވަރުކޮށްފައި މެނުވީ ބިލު ނުފޮނުވާކަމަށް އެ ބޭފުޅާ ވިދާޅުވިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-