ރައީސް އޮފީހުން އަމިއްލަ ނޫހެއް ފަރުމާކޮށް ތަޢާރަފްކުރުމަށް ތައްޔާރުވެއްޖެއެވެ.
އެގޮތުން “ސަރުކާރު” ގެ ނަމުގައި ތައާރަފްކުރާ މި އޮންލައިން ނޫހުގައި ސަރުކާރުގެ ހުރިހާ ވުޒާރާތަކެއްގެ ހަބަރު ވަކިވަކިން ގެނެސްދިނުމަށް 22 ކެޓަގަރީއެއް ވަނީ ހިމަނާފައެވެ.
އެގޮތުން އެ ނޫހުގައި މިހާރުވެސް އަންނަނީ ސަރުކާރުން ހިންގަމުން އަންނަ އެކި މަޝްރޫޢުތަކާއި އެކި ކަންކަމާއި ގުޅޭ ޚަބަރުތައް ޝާޢިއު ކުރަމުންނެވެ.
މީގެ ކުރިންވެސް މައުމޫން ސަރުކާރުގައި ‘ޖަމާއަތުގެ ހަބަރު’ ނަމުގައި މަޖައްލާއެއް ހަދައި ޕްރިންޓްކޮށްގެން ނެރެމުން ދިޔައެވެ.
ނަމަވެސް ރައީސް ނަޝީދުގެ ވެރިކަމުގައި އުސޫލުތަކަށް ބަދަލު ގެނެސް ‘ސަރުކާރު ގެޒެޓް’ ހަދާ ނޫސްތަކުގައި ޖަހަމުން ގެންދިޔަ އިއުލާންތައް ގެޒެޓަށް ބަދަލު ކުރިއެވެ.