ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ސްކޫލްތަކެއް އޭސީ ކުރުމުގެ ގޮތުން ތަޢާރަފްކުރި “ކޠލް ސްކޫލް” ޕްރޮޖެކްޓް މިއަދު އިފްތިތާޙްކޮށްފިއެވެ.
މި ޕްރޮޖެކްޓް އިފްތިތާހް ކުރުމަށް ކ ހިންމަފުށީގައި މިއަދު ބޭއްވި ރަސްމިޔާތެއްގައި މި ޕްރޮޖެކްޓް އިފްތޮތާހްކޮށްދެއްވީ، ތަޢުލީމާއި ބެހޭ ވަޒީރު ޑރ އިސްމާޢީލް ޝަފީޢުއެވެ.
މި ރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ފިނި ކްލާސްރޫމްތަކުގައި ދަރުވަރުންގެ ހިތަށް ފިނިކަން ލިބޭނެކަމަށާއި އެ ފިނިކަމާއެކު، ދަރިވަރުންގެ ސްލޫކާއި އުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށެވެ. އަދި ވިޔާނުދާ ނޭދެވޭ ސިފަތަކުން ދަރިވަރުން ދުރުވާނެ ކަމުގައިވެސް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުންވެސް ވަޒީރު ވިދާޅުވީ، ކޫލް ސްކޫލާއެކު ބުލީކުރުމާއި ދެކޮޅުވެރިކަމަށް ފުރުސަތުތައް ކުޑަވެގެން ދާނެކަމަށެވެ.
ޓީޗަރުންނާއި ސްކޫލު މެނޭޖްމެންޓާއި ބެލެނިވެރިން އެންމެން ގުޅިގެން ކުރާ މަސައްކަތުގެ ނަތީޖާއަކަށް ވާން ވާނީ ރަށަށް، ގައުމަށް އަދި އެ ކުދިންގެ މުޅި ދިރިއުޅުމަށް އުޖާލާކުރުވަނިވި ފިލާވަޅުތަކެއް، ތަރުބިއްޔަތު ތަކެއް އަދި ކާމިޔާބު ކާމިޔާބު އިންސާނުން އުފެއްދުމަށް ލިބެން ޖެހޭ ހުރިހާ ތައުލީމަކާއި ތަރުބަވީ ކަންތައްތަކެއް ފުރިހަމަވެފައިވާ ވެއްޓަކަށް ސްކޫލް ވެށި ވެގެން ދިއުން – ޑރ އިސްމާޢީލް ޝަފީއު
ސްކޫލްތައް އޭސީކުރުމުން މިހާރު ދައުލަތުން ކުރާ ހަރަދަށް އިތުރުވެގެންދަނީ 38 ޕަސެންޓެވެ. އެ ޕްރޮޖެކްޓްގެ 30 އިންސައްތަ ގެންދިއުމަށް ހަމަޖެހިފައިވަނީ އިޔާދަކުރަނިވި ހަކަތައިންނެވެ.
ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ އެހީތެރިކަމާ އެކު، ސޯލާ ޕެނަލް ހަރުކުރެވޭނެ ސްކޫލްތައް ފާހަގަކޮށް ކުޑަ ހަރަދެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ.