-Advertisement-

-Advertisement-

ހައްޖުގެ އަޅުކަމަށް އައު އުންމީދެއް: ތިން އަހަރު ތެރޭގައި ޙައްޖުގެ އަޅުކަމުގެ އަގު 50،000 އަށް ތިރި ކުރަނީ

ރާއްޖެ.އެމްވީ

ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމަށް ނަގާ އަގު 70،000 އިން 50،000 އަށް ތިރި ކުރާނެކަމަށް ޙައްޖު ކޯޕަރޭޝަނުން މިއަދު ބުނެފިއެވެ.

މިއަދު ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓާރ މުޙައްމަދު ޝަކީލް ވިދާޅުވީ ޙައްޖުގެ އަޅުކަމަށް މީހުން ގެންދިއުމަށް މިހާރު ނަގާ 69،965 އަކީ ޙައްޖުގެ އަޅުކަމަށް ގެންދިއުމަށް މީހުން އަތުން ނަގަން މާ ބޮޑު އަގެއް ކަމަށާއި މިހެންކަމުން ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި މިއަގު 50،000 އަށް ތިރި ކުރެވިގެންދާނެ ކަމަށެވެ.

ޝަކީލް ވިދާޅުވިގެ ގޮތުގައި ޙައްޖަށް ގެންދާ މީހުން އަތުން ނަގާ ފައިސާ އަކީ ޑރ. މުޙައްމަދު މުޢިއްޒު ދެކިވަޑައިގަންނަވާ ގޮތުގައި ނަގަންވާ ވަރަށް ވުރެއް ބޮޑު އަގެއް ކަމަށާއި ޙައްޖަށް މީހުން ގެންދިއުމަށް ނަގާ އަގު ކުޑަ ކުރުމަކީ ރައީސްގެ ވަރަށް ބޮޑު އެދުމެކެވެ.

ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ނަތީޖާ ފެންނާނެ ކަމަށް ވިދާޅުވަމުން ޝަކީލް އިތުރަށް ވިދާޅުވީ ޙައްޖު ކޯޕަރޭޝަނަކީ ފައިދާވާ ކުންފުންޏަކަށް ހަދައި އެއަގު ހެޔޮ ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށާއި ޙައްޖު ކޯޕަރޭޝަންގެ އަމާޒަކީ ކުރިއަތް ތިން އަހަރު ތެރޭގައި އެންމެ ބޮޑު ވެގެން 50،000 އަށް ޙައްޖަށް މީހުން ގެންދިއުމުގެ އަގު ތިރިކުރުން ކަމަށެވެ.

ޙައްޖަށް މީހުން ގެންދިއުމަށް މީހަރު ރާއްޖެއަށް ކޮންމެ އަހަރަކު ލިބޭ 1000 ހައްޖު ކޯޓާގެ އިތުރުން، އިތުރު 1000 ހައްޖު ކޯޓާ ހޯދުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށާއި ޙައްޖާއި ޢުމްރާގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަރަށް ބޮޑު އަމާޒެކެވެ.

މިދިޔަ ހުކުރު ދުވަހު ޙައްޖުގެ އަޅުކަމަށް ފުރަތަމަ ގުރޫޕު ފުރައިފައިވާ އިރު މިހަފުތާ ތެރޭގައި ބާކީ ތިބި މީހުން ޙައްޖުގެ އަޅުކަމަށް ފުރާނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-