-Advertisement-

-Advertisement-

ރުހުން ނުލިބުނު ވަޒީރުންގެ މައްސަލަ ބެލުން މިއަދުގެ ޖަލްސާގައި

އިސްލާމީ ކަންތައްތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި، ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަދި ބަންޑާރަ ނައިބު އަޙްމަދު އުޝާމް

ނިމިދިޔަ 19 ވަނަ މަޖިލީހުން ރުހުން ނުދޭން އިދިކޮޅު އެމްޑީޕީގެ ބޮޑު އަޣުލަބިއްޔަތެއް އޮތް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ވަޒީރުންގެ މަޖިލީހުގެ 3 ވަޒީރަކަށް އަލުން ރުހުން ހޯދުމަށް ފޮނުވާފައިވާ މައްސަލަ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

މިއަދަށް އެޖެންޑާ ކޮށްފައި ވަނީ ވަޒީރުންގެ މަޖީލީހުގެ ތިން ވަޒީރުންކަމަށްވާ އިސްލާމީ ކަންތައްތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި، ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރުގެ އިތުރުން ބަންޑާރަ ނައިބު އަޙްމަދު އުޝާމަށް ރުހުން ދިނުމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން މިދިޔަ ނޮވެމްބަރު 17 ވަނަ ދުވަހު އެންމެ ފުރަތަމަ އެކުލަވާލެއްވި ވަޒީރުންގެ މަޖިލީހަށް ރުހުން ހޯދުމަށް 19 ވަނަ މަޖިލީހަށް ނަންތައް ފޮނުއްވީ މިދިޔަ ނޮވެމްބަރު 18 ވަނަ ދުވަހުއެވެ. ނަމަވެސް ދެ މަހަށް ވުރެ ގިނަ ދުވަސް ފަހުން މިދިޔަ ޖެނުއަރީ 29 ވަނަ ދުވަހު ވަޒީރުންނަށް ރުހުން ދިން އިރު އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޭރު އޮތް މަޖިލީހުން ވަނީ އެއްވެސް ސަބަބެއް ނުބުނެ ތިން ވަޒީރުންނަށް ރުހުން ނުދިނުމަށް ނިންމާފައެވެ. އެމްޑީޕީއާ ގުޅިގެން ދަ ޑިމޮކްރެޓްސްގެ މެންބަރުން ވެސް ވަނީ ތިން ވަޒީރުންނަށް ރުހުން ނުދޭން ވޯޓު ދެއްވާފައެވެ.

ރުހުން ނުދިނުމުން އަލުން ވަޒީރު ކަމަށް އައްޔަންކުރެއްވި ބޭފުޅުންނަށް ރުހުން ހޯދުމަށް އެދި ދެވަނަ ފަހަރަށް ހުށަހެޅުއްވުމުން 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެންމެ ފަހުން ރައީސްގެ ގޮތުގައި ހުންނެވި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ނިންމެވީ ތިން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ފަސްކުރެއްވުމަށެވެ. އެހެންކަމުން 19 ވަނަ މަޖިލީހުގެ ދައުރު ނިންމާލީ ތިން ބޭފުޅުންނަށް ރުހުން ދިނުމަށް ވޯޓަށް ނާހައެވެ.

މި ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮތް 20 ވަނަ މަޖިލީހުގެ މެމްބަރުން މިދިޔަ ހޯމަ ދުވަހު ހުވާ ކުރައްވާފައިވާއިރު، މިއަދު ބާއްވާ އެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި މައްސަލައިގެ ބަހުސް ނިމިއްޖެ ނަމަ، އެ މައްސަލައަށް ވޯޓަށް އެހުން މިއަދު އޮންނާނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-