-Advertisement-

-Advertisement-

ސްޓެލްކޯއިން 500000 ގަސް އިންދުމަށް އަމާޒު ހިފައިފި

ސްޓެލްކޯގެ އެމްޑީ ހުސެއިން ފަހުމީ އަދި އެންވާރަމެންޓް މިނިސްޓަރު ތޯރިގް. ފޮޓޯ: ސްޓެލްކޯ

ކުރިއަށް އޮތް ފަސް އަހަރުތެރޭ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެކް (ސްޓެލްކޯ)އިން 500،000 ގަސް އިންދުމަށް ނިންމައިފިއެވެ.

ސްޓެލްކޯއިން ހާމަކުރީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ރާއްޖޭގައި 5 އަހަރުން 5 މިލިއަން ގަސް އިންދުމަށް އެ މަނިކުފާނު އިއްޔެ ފައްޓަވައިދެއްވި މަޝްރޫޢުގައި ބައިވެރިވެ ކުރިއަށް އޮތް 5 އަހަރު ގަސް އިންދުމުގެ ޙަރަކާތް ހިންގުމަށް ސްޓެލްކޯއިން އެއްބަސްވުމެއްގައި ސޮއި ކޮށްފައިވާކަމަށެވެ. މި އެއްބަސްވުމުގައި ސޮއި ކުރުން ކުރިއަށް ދިޔައީ ވެސް އިއްޔެ ބޭއްވީ މަޝްރޫޢުގައެވެ. މި އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި ސްޓޭލްކޯއިން މަދުވެގެން 500،000 ގަސް އިންދުމަށް ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ސްޓެލްކޯއިން މި ޕްރޮގްރާމް ފަށާފައިވަނީ އެ ކަމަށްޓަކައި ކ. ތުލުސްދޫގައި ބޭއްވި ޙާއްޞަ ރަސްމިއްޔަތާއެކުއެވެ. އަދި މިއީ ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރުމަށް އެ ކުންފުނިން އެއްބާރުލުން ދިނުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

ޕްރޮގްރާމް ފަށްޓަވާދެއްވުމަށްފަހު ރަސްމިއްޔާތުގެ ބައިވެރިންނާ ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރު ހުސެން ފަހުމީ ވިދާޅުވީ، މާލޭގެ އިތުރުން އެ ކުންފުނިން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުންދާ 33 ރަށުގައި އިއްޔެ އެކަނި ވެސް ޖުމްލަ 27،000 ގަސް އިންދާނެކަމަށެވެ. އަދި އެ ރަށްރަށުގައި މަދުވެގެން އަހަރަކު 500 ގަސް އިންދުމަށް އެ ކުންފުނިން ވަނީ އަމާޒުހިފާފައެވެ.

މި ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ފަސް މިލިއަން ގަސް އިންދެވުމުގެ ޕްރޮގްރާމެއް ހިންގަވާނެކަން ރައީސް އިއުލާނު ކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރުގައި ޔޫއޭއީގައި އޮތް “ކޮޕް28” ގައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-