-Advertisement-

-Advertisement-

ޕްރިމިއަރ ލީގާއި ދެކޮޅަށް މެންޗެސްޓާ ސިޓީން ދައުވާކޮށްފި

ފޮޓޯ: ގިޓީ އިމޭޖް/ޖޯއެ ޕެރިއަރ

އިނގިރޭސި ޕްރިމިއަރ ލީގުގެ މާލީ ގަވާއިދުތަކާ ގުޅިގެން އެލީގާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅުމަށް މެންޗެސްޓާ ސިޓީން ދައުވާކޮށްފިއެވެ.

މި އަހަރުގެ ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން ހޯދި މެންޗެސްޓާ ސިޓީ އިން, ބުދަ ދުވަހުގެ ވަގުތެއްގައި މި ދައުވާ ކޮށްފައިމިވަނީ ޕްރިމިއަރ ލީގުން އެ ކްލަބާ ދެކޮޅަށް 115 ދައުވާއެއްކޮށް އެ މައްސަލަ ބެލުމަށް ކޯޓުން ނޮވެމްބަރ މަހުގެ ތާރީޙެއް ދިންތާ ކުޑަދުވަސްކޮޅެއްފަހުންކަން ފާހަނގަ ކޮށްލެވެއެވެ.

ސިޓީއިން ދައުވާކޮށްފައިވާ ގަވާއިދުތަކުގެ ތެރޭގައި އެއް ކްލަބެއްގެ ވެރިންގެ މިލްކުވެރިކަމުގައިވާ ނުވަތަ ގުޅުންހުރި ކުންފުނިތަކާއެކު ވިޔަފާރީގެ އަދި ސްޕޮންސަޝިޕް ޑީލްތައް ހެދުން ހިމެނެއެވެ. މި ގަވާއިދަކީ 2021 ވަނަ އަހަރު ސައުދީ އަރަބިއްޔާގެ ޕަބްލިކް ފަންޑުން ނިއުކާސަލް ޔުނައިޓެޑް ގަތުމުން ޕްރިމިއަރ ލީގުން ހަދާފައިވާ ގަވާއިދެކެވެ.

މެންޗެސްޓާ ސިޓީ އަކީ 2008 ވަނަ އަހަރު ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި އަބޫދާބީގެ ޝާހީ އާއިލާގެ މެމްބަރެއް ކަމަށްވާ ޝެއިޚް މަންސޫރު ބިން ޒައިދު އަލް ނަހްޔާން ގަނެފައިވާ ކްލަބެކެވެ. އަދި އެފަހުން އެކްލަބަކީ އިނގިރޭސި ޕްރިިމިއަރ ލީގުގައި އޮތް އެންމެ ކާމިޔާބު އެއްޓީމުގެ ގޮތުގައި ފާހަނގަކޮށްލެވެއެވެ.

މިދައުވާ އާއި ގުޅިގެން ޕްރިމިއަރ ލީގުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައި ނުވެއެވެ.

 

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-