ޔޫރޯ 2024 އަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ އެކުވެރިކަމުގެ މެޗުން އެންޑޯރާ އަތުން ސްޕެއިން 5-0 ގެ ނަތީއްޖާއަކުން މޮޅުވެފައިވާއިރު ފްރާންސުން ވަނީ ލަގްޒެމްބާގް 3-0 އިން ބަލިކޮށްފައެވެ.
ބުދަ ދުވަހު ކުޅުނު މި ދެމެޗުން މި ދެ ޓީމުވެސް ފަސޭހަކަމާއެކު މޮޅުވެފައިވާއިރު ދެ ޓީމުންވެސް ވަނީ ރަނގަޅު ކުޅުމެއެް ދައްކައި ޖަރުމަން ވިލާތުގައި އޮންނަ ޔޫރޯއަށް ތައްޔާރަށް ތިބިކަން ހާމަކޮށްދީފައެވެ.
ފްރާންސަށް ލަނޑުތަށް ކާމިޔާބު ކޮށްދީފައިވަނީ މިދިޔަ ހަފްތާ ރެއާލް މެޑްރިޑަށް ސޮއި ކޮށްފައިވާ އެމްބާޕޭގެ އިތުރުން ކޮލޯ މުއާނީ އާއި ޖޮނަތަން ކްލައުސް އެވެ. ސްޕެއިންއަށް މިކެލް އޮޔަރޒާބަލް ހެޓްރިކެއް ޖަހައިފައިވާއިރު އަނެއް ދެލަނޑު ކާމިޔާބު ކޮށްފައިވަނީ އަޔޯޒޭ ޕެރޭޒް އަދި ފެރާން ޓޮރޭސްއެވެ.
މިއަހަރުގެ ޔޫރޯ މުބާރާތް ފައްޓާނީ މިމަހުގެ 14 ވަނަ ދުވަހު ޖަރުމަން ވިލާތުގައެވެ.