-Advertisement-

-Advertisement-

ސަރުކާރު ހަރަދުގައި ހައްޖަށް ފޮނުވި ފުރަތަމަ ބެޗުގައި ފަގީރު ނޫން މީހަކު ހިމެނޭ މައްސަލަ ބަލަނީ

އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ސަރުކާރު ހަރަދުގައި ހައްޖަށް ފޮނުވާ ފުރަތަމަ ބެޗުގައި ފަގީރު ނޫން މީހަކު ހިމެނޭތީވެ އެމައްސަލަ ބަލަން ފަށައިފިއެވެ.

މިއަހަރުގެ ހައްޖު އަޅުކަމުގައި ބައިވެރިވާން އިއްޔެ ފުރާފައިވާ ބެޗުގައި ފާގީރު މީހެއްގެ ގޮތުގައި ނުބެލެވޭ މީހަކު އުޅޭކަމުގެ މައްސަލައެއް ފެންމަތިވުމުންމުން އެމައްސަލަ މިހާރު އިސްލާމިކް މިނިސްޓްރީން ދަނީ ބަލަމުންނެވެ.

ދައުލަތުގެ މީޑިއާ އިން ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯއަކާ ގުޅިގެން އެ ވީޑިއޯގައި ފެންނަ މީހަކީ ފަގީރެއް ނޫން ކަމަށް ބުނެ ފާޑުކިއުމުގެ ސަބަބުން އިސްލާމިކް މިނިސްޓްރީން މިމައްސަލަ ބަލަން ފަށާފައިވާއިރު، އެމީހަކީ ސްކޫލެއްގެ އިސްލާމް ޓީޗަރެއްގެ އިތުރުން މިސްކިތެއްގައި އިމާމުވެ ނަމާދު ކުރާ މީހެއް ކަމަށް މައުލޫމާތު ލިބެއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު މިކަމާއި ގުޅިގެން ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި ރައީސް މުއިއްޒުގެ ސަރުކާރު ފެށުމާއެކު ވޭތުވެދިޔަ 6 މަސް ތެރޭ މަސައްކަތް ކުރީ މެނިފެސްޓޯގައި ހުރި ވައުދުތައް ފުއްދަމުން ކަމަށާއި، ސަރުކާރުން ހައްޖަށް ފަގީރުން ފޮނުވުމުގެ ވައުދު ފުއްދަން ބޭނުން ކުރީ ސަރުކާރު ފެށުންއިރު އޮތް ފަގީރުންގެ ދަފްތަރު ކަމަށް ބުނެފައިވެއެވެ. އެހެންނަމަވެސް މިހާރު ވަނީ މިނިސްޓަރުގެ މިޕޯސްޓް ޑިލީޓް ކޮށްފައިކަން ފާހަގަކުރެވެއެވެ.

ރައީސް ޑރ. މުޢިއްޒު ވަނީ އެމަނިކުފާނުގެ ވެރިކަމުގައި 1000 މީހުން ހިލޭ ހައްޖަށް ފޮނުވުމަށް ވައުދުވެވަޑައިގެންފައެވެ. އެގޮތުން ޒަކާތު ހައްޤުވާ ފަގީރުންގެ ދަފްތަރުން ގުރުއަތުން ހޮވޭ ބަޔަކު ޙައްޖަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، ރާއްޖެއަށް ޙައްޖަށް މީހުން ގެންދިއުމަށް ކަނޑައަޅާފައިވާ ރަސްމީ 1000 ކޯޓާގެ އިތުރުން، އިތުރު 150 ކޯޓާ މިއަހަރު ރާއްޖެއަށް ލިބިފައިވެއެވެ.

މިއަހަރު ރާއްޖެއިން ޙައްޖަށް މީހުން ގެންދަނީ ހަމައެކަނި ޙައްޖު ކޯޕަރޭޝަނުންނެވެ. އެގޮތުން ހަތަރު ފްލައިޓެއްގައި މީހުން ގެންދިއުމަށް ހަމަޖެހިފައިވާއިރު، މިހާތަނަށް 2 ފްލައިޓެއް އަދި 651 މީހުން ވަނީ ފުރާފައެވެ. އެންމެ ފަހަށް ޙައްޖަށް މީހުން ގެންދިއުމަށް ހަމަޖެހިފައިވާ ފްލައިޓް ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 10 ވަނަ ދުވަހުއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-