-Advertisement-

-Advertisement-

އައިޖީއެމްއެޗް ހޮސްޕިޓަލިގައި ފަރުވާދެމުންދިޔަ ނުވަ އަހަރުގެ ކުއްޖެއްގެ މަރުގައި އިހުމާލެއް އޮތްތޯ ބަލަނީ

އައިޖީއެމްއެޗް ހޮސްޕިޓަލް

އައިޖީއެމްއެޗް ހޮސްޕިޓަލިގައި ފަރުވާދެމުންދިޔަ ނުވަ އަހަރުގެ ކުއްޖެއްގެ މަރުގައި އެހޮސްޕިޓަލުގެ އެއްވެސް އިހުމާލެއްވޭތޯ ބަލަމުންދާކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

އެހޮސްޕިޓަލުން މިއަދު ބުނެފައިވާ ގޮތުގައި މިދިޔަ ބުދަ ދުވަހު އެހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ނިޔާވެފައިވަނީ މާލެއަށް ނިސްބަތްވާ ނުވަ އަހަރުގެ  ކުޑަ ފިރިހެން ކުއްޖެއް ކަމަށާއި އެކުއްޖާގެ މަރުގައި ބަލަންޖެހޭ ކަންތައްތަކެއް ހުރުމުން އެކަންތައްތައް މިހާރު ބަލަމުންދާ ކަމަށެވެ.

ސަން އޮންލައިނުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެކުއްޖާ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ހުން އައިސްގެން ކަމަށާއި އެކުއްޖާގެ ހާލަތު އިތުރަށް ގޯސްވީ އައިޖީއެމްއަށް ގެންދިއުމަށްފަހުގައެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭ 22:00 ގައި އާސަހަރާ މިސްކިތުގައި އެކުއްޖާގެ ޖަނާޒާ ބައްވާފައިވާއިރު، ކުއްޖާގެ މަރާ ގުޅޭގޮތުން އިތުރު ތަފުސީލެއް އައިޖީއެމްއެޗުން އަދި ހާމަކޮށްފައެއް ނުވެއެވެ.

އައިޖީއެމްއެޗްގެ އިހުމާލުން މީގެ ކުރިންވެސް ވަނީ މީހުން މަރުވިކަމުގެ ތުހުމަތު ކުރެވި އެމައްސަލަ ބަލާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-