ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހިންގަމުން އަންނަ ސެލްބީ ވިޔަފާރީގެ ބާނީ އާދަމް ޝުކުރީ އަވަހާރަވެއްޖެއެވެ.
އުމުރުފުޅުން 89 އަހަރުގައި އާދަމް ޝުކުރީ އަވަހާރަވީ، އާލާސްކަންފުޅަކަށް މެލޭޝިޔާގެ ހަސްފަތާލެއްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަނިކޮށް ރޭގެ ވަގުތެއްގައެވެ.
ސިއްހީ ފަރުވާއަށް މެލޭޝިޔާއަށް ދިރިއުޅުން ބަދަލުކުރެއްވުމުގެ ކުރިން ޝުކުރީ އުޅުއްވަމުން ގެންދެވީ، ސިންގަޕޫރުގައެވެ.
އާދަމް ޝުކޫރުގެ ޝެލްބީ ވިޔަފާރީގެ ތެރެއިން ސެލްބީ ޑްރައިވް، ސެލްބީ ސްޓާ ހިންގައެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ފިހާރައެއްގައި ބެހެއްޓި ލިފްޓު ބަހައްޓައިފައިވަނީ ސެލްބީ ޑްރައިވްގައެވެ.
ބާޒާރުގައި އެންމެ އިތުބާރު ހިފޭ ވިޔަފާރިވެރިޔާގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ ޝުކޫރީވަނީ، ސެންޓަރް ހޮޓާ ވެސް ހިންގަވައިފައެވެ.
ޝުކުރީ އަވަހާރަވީއިރު ދުނިޔޭގައި ހަ ބޭފުޅުން އެބަތިއްބެވިއެވެ.