-Advertisement-

-Advertisement-

ރާއްޖޭގައި ރޯގާތައް ފެތުރި، ރޯގާ ޖެހޭ މީހުންގެ މިންވަރު އިތުރުވާން ފަށައިފި

ފޮޓޯ: މިހާރު

ރާއްޖޭގައި ރޯގާތައް ފެތުރި، ރޯގާ ޖެހޭ މީހުންގެ މިންވަރު އިތުރުވާން ފަށައިފިއެވެ.

މިއަދު އެޗްޕީއޭއިން ނެރެފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގައި ޑެންގީ އާއި ވައިރަލް ހުމާއި އަރިދަފުސް ރޯގާ އަދި ބޭރަށް ހިންގުން ފަދަ ބަލިތައް އަންނަ ހަލުވި މިނެއްގައި ފެތުރެމުންނެވެ.

އެގޮތުން މިދިޔަ އޭޕްރީލް މަހުގެ ޑެންގީ ހުން ޖެހިގެން 247 މީހުން ރިޕޯޓްކޮށްފައިވާއިރު، މެއި މަހު މިއަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން މެއި މަހު ޑެންގީ ހުން ޖެހިގެން 610 މީހުން ރިޕޯޓްކޮށްފައިވެއެވެ.

ހުސްވި އަހަރުގެ އޭޕްރީލް މަހު ޑެންގީ ހުން ޖެހިގެން 330 މީހުން ރިޕޯޓްކޮށްފައިވާއިރު، އެއަހަރުގެ މެއި މަހު ރިޕޯޓްކޮށްފައިވަނީ 272 މީހުންނެވެ.

އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކޮށްފައިވާ މީހުން މެއި މަހަށް ވުރެއް މަދެވެ. އެގޮތުން މެއި މަހު 270’21 މީހުން ރިޕޯޓް ކޮށްފައިވާއިރު އެޕްރީލް މަހުގައި 739’22 މީހުން ވަނީ އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓް ކޮށްފައެވެ. އަހަރުގެ އެޕްރީލް މަހުގައި އަރިދަފުސް ރޯގާގެ 970’29 ރިޕޯޓް އަދި މެއި މަހު 327’21 ރިޕޯޓް ކޮށްފައިވެއެވެ.

މި އަހަރުގެ މިހާތަނަށް އިންފްލުއެންޒާ އަށް 1،139 ސާމްޕަލް ޓެސްޓުކޮށްފައިވާއިރު 161 ސާމްޕަލް ޕޮޒިޓިވްއެވެ.

މިއަހަރުގެ އޭޕްރީލް މަހު ބޭރަށް ހިންގުމުގެ 2712 މީހުން އަދި މެއި މަހު 2923 މީހުން ބޭރަށް ހިނގުމުގެ ރިޕޯޓްކޮށްފައިވާއިރު، ހުސްވި އަހަރު ބޭރަށް ހިނގުމުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަދަދުތައް ހުރީ  މާޗު މަހު 3،044 އަދި އޭޕްރީލް މަހު 2،778 ގަ އެވެ.

އެހެންކަމުންބަލިތަކުން ސަލާމަތްވާން ކުރެވިދާނެ ކަންކަން:

– އާއްމު ސާފުތާހިރުކަމަށް ހާއްސަކޮށް ސައިބޯނި ލައިގެން އަތްދޮވުން ފަދަ ކަންކަމަށް ސަމާލުކަން ދިނުން

– ކެއުމުގެ ކުރިން އަދި ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން ސައިބޯނޮ ލައިގެން ރަނގަޅަށް ދޮވުން

– ގިނަގިނައިން ދިޔާތަކެތި ބޭނުންކުރުން

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-